ފީފާ ވޯލްޑް ކަޕް 2022: ބްރެޒިލް-ސާބިއާ މެޗު ޕްރިވިޔު

ދުނިޔޭގެ ޗެމްޕިއަންކަން 5 ފަހަރު ހޯދާފައިވާ ބްރެޒިލް ވޯލްޑް ކަޕް 2022 ފަށާނީ ސާބިއާއާ ދެކޮޅަށެވެ. މި ދެ ޓީމު ވަނީ އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގައި ވެސް ގްރޫޕް ސްޓޭޖްގައި ވާދަކޮށްފައެވެ. އެ ފަހަރު ...

24 Nov 2022 | 11:25

ދުނިޔޭގެ ޗެމްޕިއަންކަން 5 ފަހަރު ހޯދާފައިވާ ބްރެޒިލް ވޯލްޑް ކަޕް 2022 ފަށާނީ ސާބިއާއާ ދެކޮޅަށެވެ. މި ދެ ޓީމު ވަނީ އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގައި ވެސް ގްރޫޕް ސްޓޭޖްގައި ވާދަކޮށްފައެވެ. އެ ފަހަރު ބްރެޒިލް މޮޅުވީ 2-0 ގެ ނަތީޖާއިންނެވެ. މިހާތަނަށް ވޯލްޑް ކަޕްގައި މި ދެ ޓީމުގެ 5 ކުރިމަތިލުމެއް ފެނުނުއިރު 2 މެޗު އެއްވަރުވީއެވެ. 2 މެޗުން ބްރެޒިލް މޮޅުވިއިރު، އަނެއް މެޗު ކާމިޔާބުކުރީ ސާބިއާ އެވެ.

ތާރީޚް: 25 ނޮވެމްބަރ 2022

ގަޑި: 00:00

ސްޓޭޑިއަމް: ލުސެއިލް ސްޓޭޑިއަމް

ގްރޫޕް: ޖީ

ފީފާ ރޭންކިންގ: ބްރެޒިލް (1)، ސާބިއާ (21)

ބްރެޒިލް ޓީމަށް ނަޒަރެއް:

ދުނިޔޭގެ ޗެމްޕިއަންކަން 5 ފަހަރު ހޯދާފައިވާ ބްރެޒިލްއަކީ ހުރިހާ ގޮތަކުން ވެސް ވަރުގަދަ ޓީމެވެ. ޑިފެންސާއި މެދުތެރެއަށް ބެލިޔަސް އަދި ޚާއްސަކޮށް ފޯވާޑް ލައިނަށް ބަލާނަމަ ފެންނަނީ ހުސް ތަރިންނެވެ. ބްރެޒިލް ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔަކަށް ވާނީ ނޭމާއެވެ. ނޭމާ މިހާރު ހުރީ ވެސް ވަރަށް ރަނގަޅު ފޯމެއްގައެވެ. ނޭމާގެ އިތުރުން ފޯވާޑުންގެ ގޮތުގައި ތިބި ވިނީޝިއަސް، ރޮޑްރީގޯ، ރަފީނާ، އެންޓޮނީ އަދި ރިޗާލިސަން އަކީ ވެސް ގޯލަށް ވަރަށް ނުރައްކާކުރާނެ ކުޅުންތެރިންނެވެ. ބްރެޒިލްގެ މެދުތެރެއިން މި ފަހަރު މުޅިން އަލަށް ވޯލްޑް ކަޕްގައި ކުޅޭނެ 3 ކުޅުންތެރިން ފެނުން ގާތެވެ. އެއީ ފަބީނޯ، ބްރޫނޯ ގުއިމަރޭޒް އަދި ލޫކަސް ޕަކުއޭޓާ އެވެ.

ސާބިއާ ޓީމަށް ނަޒަރެއް:

މިއީ ސާބިއާ ވޯލްޑް ކަޕްގައި ވާދަކުރާ 3 ވަނަ ފަހަރެވެ. ބްރެޒިލް އެކޭ އެއްގޮތަށް ފާއިތުވި ވޯލްޑް ކަޕަށްފަހު ސާބިއާ ޓީމަށް ވެސް ވަނީ ބަދަލުތަކެއް އަހިސްފައެވެ. ބްރަނިސްލާވް އިވަނޮވިޗް، ނެމަންޖާ މަޓިޗް އަދި އެލެކްސަންޑާ ކޮލަރޯވް ފަދަ ތަޖުރިބާކާރު ކުޅުންތެރިން ރިޓަޔަރ ކޮށްފައިވާއިރު، 2018 ގެ ވޯލްޑް ކަޕުން ފެނުނު ޒުވާން ކުޅުންތެރިން ވަނީ މިހާރު ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައެވެ. ސާބިއާގެ ކުރިޔަށްކުޅޭ އެލެކްސަންޑާ މިޓްރޮވިޗް އަކީ މިހާރު ޕްރިމިއާ ލީގުގައި ކުޅޭ އެންމެ ނުރައްކާ ބޮޑު އެއް ފޯވާޑެވެ. މީގެ އިތުރުން ދެން ފާހަގަކޮށްލެވެނީ ޔުވެންޓަސްއަށް ކުޅޭ ފިލިޕް ކޮސްޓިޗެވެ.

ބްރެޒިލްގެ ފޯމް:

ބްރެޒިލް އެންމެ ފަހުން ކުޅުން 5 މެޗުން ވެސް ވަނީ މޮޅުވެފައެވެ.

ސާބިއާގެ ފޯމް:

ސާބިއާ އެންމެ ފަހުން ކުޅުނު 5 މެޗުގެ ތެރެއިން 4 މެޗުން މޮޅުވިއިރު، އަނެއް މެޗު ވީ އެއްވަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް