ވޯލްޑް ކަޕްގެ އެންމެ ފުރަތަމަ މުބާރާތް ބޭއްވި އަދި މުބާރާތް ކާމިޔާބުކުރި ގައުމު އުރުގުއޭ ވޯލްޑް ކަޕް 2022 ފަށާނީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން މި މުބާރާތުގައި ފެންނާނެ އެންމެ ވަރުގަދަ ޓީމުކަމަށް ގިނަ ބަޔަކު ދެކޭ ސައުތު ކޮރެއާއާ ދެކޮޅަށެވެ.
ޕޯގުޗަލް ވެސް މި ގްރޫޕްގައި އޮތުމުން މިރޭގެ މެޗުން މޮޅުވުން މި ދެ ޓީމަށް ވެސް ވަރަށް މުހިންމެވެ.
މި ދެ ޓީމު މިހާތަނަށް ވޯލްޑް ކަޕްގެ 2 މެޗުގައި ވާދަކޮށްފައިވާއިރު، ދެ މެޗުން ވެސް ކުރި ލިބުނީ އުރުގުއޭ އަށެވެ.
ތާރީޚް: 24 ނޮވެމްބަރ 2022
ގަޑި: 18:00
ސްޓޭޑިއަމް: އެޑިޔުކޭޝަން ސިޓީ ސްޓޭޑިއަމް
ގްރޫޕް: އެޗް
ފީފާ ރޭންކިންގ: އުރުގުއޭ (14)، ސައުތު ކޮރެއާ (28)
އުރުގުއޭ ޓީމަށް ނަޒަރެއް:
އުރުގުއޭގެ ފޯވާޑްލައިން ފެންނަނީ ވަރަށް ވަރުގަދަކޮށެވެ. ފޯމެއްގައި ހުރި އެޑިންސަން ކަވާނީ އާއި ޑާވިން ނުނޭޒްގެ އިތުރުން ލުއިސް ސުއަރޭޒްގެ އެޓޭކިންގ ފޯސް ހުއްޓުވުން ވާނީ އިދިކޮޅު ޓީމަށް ވަރަށް ވެސް އުނދަގޫ ކަމަކަށެވެ. މީގެ އިތުރުން މެދުތެރެއަށް ކުޅޭ ކުޅޭ ވަލްވާޑޭއަކީ އެޓޭކްތައް އުފެއްދުމުގެ އިތުރުން ދުރުން ވަރަށް ނުރައްކާތެރި ޝޮޓްތައް ނަގާ ކުޅުންތެރިއެކެވެ. އުރުގުއޭ ޓީމުގައި މި ވަގުތު މުހިންމު ކުޅުންތެރިންގެ ތެރެއިން ފިޓްނަސް މައްސަލަ އުޅެނީ ޑިފެންޑަރ އަރޫހޯގެއެވެ. އޭނާ ދާދިފަހުން އަނިޔާއިން ސަލާމަތްވެގެން އައިއިރު، މިރޭގެ މެޗުންގެ ފުރަތަމަ 11 އިން ފެނިދާނެކަމާމެދު ސުވާލު އުފެދެއެވެ.
ސައުތު ކޮރެއާ ޓީމަށް ނަޒަރެއް:
އުރުގުއޭއާ ޚިލާފަށް ސައުތު ކޮރެއާ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ އަމިއްލަ ގައުމުގެ ލީގުގައި ކުޅޭ ކުޅުންތެރިންނެވެ. އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔަކީ ޓޮޓެންހަމްއަށް ކުޅޭ ސޮން މިއުން ހެއުން އެވެ. އޭނާއަށް މިފަހުން އަނިޔާގެ މައްސަލަ ކުރިމަތިވެ، ވޯލްޑް ކަޕް ގެއްލިދާނެކަމުގެ ބިރު ވެސް ހީވިއެވެ. އެހެންކަމުން މި މެޗަށް އޭނާ އެންމެ ފިޓް ކަމާމެދު ސުވާލު އުފެދެއެވެ.
އުރުގުއޭ ފޯމް:
އުރުގުއޭ އެންމެ ފަހުން ކުޅުނު 5 މެޗުގެ ތެރެއިން 3 މެޗުން ވަނީ މޮޅުވެފައެވެ. އަނެއް 2 މެޗުގެ ތެރެއިން 1 މެޗުން ބަލިވެ، އަނެއް މެޗު އެއްވަރުވީއެވެ.
ސައުތު ކޮރެއާ ފޯމް:
ސައުތު ކޮރެއާ އެންމެ ފަހުން ކުޅުނު 5 މެޗުގެ ތެރެއިން އެންމެ މެޗަކުން ވެސް ބަލިވެފައެއް ނެތެވެ. 3 މޮޅު ހޯދިއިރު، އަނެއް 2 މެޗު ވީ އެއްވަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް