ސައުދީ އަރަބިއްޔާގައި އެބޯޝަން ހަދައި ދެމުން ދިޔަ ބިދޭސީ ދެ އަންހެނުން ހައްޔަރު ކޮށްފި އެވެ.
އެމީހުން ހައްޔަރު ކުރީ ވެރިރަށް ރިޔާދުންނެވެ. އެމީހުން އެ މަސައްކަތް ކުރަމުން ދިޔައީ އަމިއްލަ މީހެއްގެ އެޕާޓްމެންޓެއް ކުއްޔަށް ހިފައިގެން ކަމަށް ރިޔާދްގެ ހެލްތް ޑިޕާޓްމެންޓުން މައުލޫމާތުދެ އެވެ.
އެ ޑިޕާޓްމެންޓުން މައުލޫމާތުދިން އޮފިޝަލަކު ސައުދީ މީޑިއާގައި ބުނީ އެމީހުން އެބޯޝަން ހަދައިދެމުން ދިޔައީ އެކަމަށް ސިއްހީ ގޮތަށް ކަނޑައަޅާފައިވާ މިންގަނޑުތަކާއި ހިލާފަށް ހުރި މާހައުލަކުން ކަމަށެވެ. އެމީހުން ހައްޔަރު ކުރުމަށް ފަހު އެ އެޕާޓްމެންޓު ބަލާ ފާސްކުރި އިރު އެބޯޝަން ހެއްދުމަށް ބޭނުންވާ އާލާތްތައްވެސް ހޯދާފައިވެ އެވެ.
ހެލްތް ޑިޕާޓެމްނުން ބުނެފައިވާ ގޮތުގައި އެމީހުންނާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ އެވެ.
އެމީހުން ހައްޔަރު ކުރި މައްސަލައިގަ އިތުރު މައުލޫމާތު ހާމައެއް ނުކުރެ އެވެ.
އެގޮތުން އެ ދެ އަންހެނުންނަކީ ކޮން ގައުމެއްގެ ބައެއްކަން ނޭނގެ އެވެ. އަދި އެމީހުން ސައުދީއަސް އެތެރެވެގެން އުޅުނީ ކޮން ބޭނުމެއްގައިކަންވެސް ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް