އިންޓަޕޯލަށް ދާ ފުރަތަމަ ދިވެހި ފުލުހަކީ ރިލްވާން ޝަރީފް

އިންޓަޕޯލަށް ދިވެހި ފުލުހުންގެ ފަރާތުން ފޮނުވާ ފުރަތަމަ ދިވެހި ފުލުހަކީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރިލްވާން ޝަރީފްކަން އިއުލާނުކޮށްފިއެވެ. މިކަން ހާމަކޮށް، އެކަމުގެ ލިޔުން ރިލްވާން ޝަރީފަށް އަރުވަ...

24 Nov 2022 | 07:22

އިންޓަޕޯލަށް ދިވެހި ފުލުހުންގެ ފަރާތުން ފޮނުވާ ފުރަތަމަ ދިވެހި ފުލުހަކީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރިލްވާން ޝަރީފްކަން އިއުލާނުކޮށްފިއެވެ.

މިކަން ހާމަކޮށް، އެކަމުގެ ލިޔުން ރިލްވާން ޝަރީފަށް އަރުވަމުން، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ރިލްވާން މަސައްކަތްކުރާނީ ފްރާންސްގެ ލިޔޯންގައި ހުންނަ އިންޓަޕޯލްގެ ފައިނޭންޝަލް ކްރައިމް އެންޑް އެންޓި ކޮރަޕްޝަން ސެންޓަރުގައި ކަމަށާއި ރިލްވާންގެ ޓާމް ފެށޭނީ އަންނަ ޑިސެމްބަރުމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި އެއީ ތިން އަހަރުގެ ޓާމެއްކަންވެސް ސީޕީ ފާހަގަކުރައްވާފައިވެއެވެ.

https://twitter.com/M_Hameedh/status/1595667694786736128

އިންޓަޕޯލްގައި މަސައްކަތްކުރުމުގެ ފުރުސަތު ދިވެހި ފުލުހަކަށް ލިބުނުކަން ސީޕީ ހާމަކުރެއްވީ މި މަހުގެ 18 ވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް