އަފްގާނިސްތާނުގައި ޒިނޭ ކުރި ބައެއްގެ ގައިގަ ހައްދު ޖަހައިފި

އަފްގާނިސްތާނުގައި ގިނަ ބައެއްގެ ގައިގަ ހައްދު ޖަހައިފި އެވެ. ތޯލިބާން ސަރުކާރުން މި މަހު ކުރީކޮޅު ވަނީ ދެން އެ ގައުމުގައި ތަންފީޒު ކުރާނީ އިސްލާމީ ޝަރީއާ ކަމަށް ބުނެފައި އެވެ. ބައިނަލްއަގުވާމީ މީޑިއާ...

24 Nov 2022 | 06:32

އަފްގާނިސްތާނުގައި ގިނަ ބައެއްގެ ގައިގަ ހައްދު ޖަހައިފި އެވެ.

ތޯލިބާން ސަރުކާރުން މި މަހު ކުރީކޮޅު ވަނީ ދެން އެ ގައުމުގައި ތަންފީޒު ކުރާނީ އިސްލާމީ ޝަރީއާ ކަމަށް ބުނެފައި އެވެ.

ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި 14 މީހެއްގެ ގައިގަ ހައްދު ޖެހި އެވެ. އޭގެ ތެރޭގައި ތިން އަންހެނުން ހިމެެނެ އެވެ.

އެ ހުކުމް ތަންފީޒު ކުރީ އަފްގާން ސުޕްރީމް ކޯޓުން ކުރި ހުކުމްތަކަކާއި ގުޅިގެންނެވެ. ހުކުމް ތަންފީޒު ކުރުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ތޯލިބާނުންގެ ރޫހާނީ ސުޕްރީމް ލީޑަރު ހައިބަތުﷲ އަހުންޒާދާ އާއި މަޝްވަރާ ކުރިއެވެ.

ތޯލިބާން ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އެމީހުންގެ ގައިގަ 21-39 އެތި ފަހަރުން ހައްދު ޖަހާފައިވާ ކަަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޒިނޭ ކުރި މީހުންނާއި، ކޮރަޕްޝަނާއި ގުޅުން ހުރި މައްސަލަތައް ސާބިތުވެފައި ތިބި މީހުންގެ އިތުރުން ވައްކަމާއި ފޭރުމުގެ ކުށް ސާބިތުވެފައިވާ މީހުންނެވެ.

ހައްދު ޖަހާފައިވަނީ ލޮގާރް ޕްރޮވިންސްގެ ބޮޑު ފުޓުބޯޅަ ދަނޑެއްގައި އެވެ. ހުކުމް ތަންފީޒު ކުރީ އެތައް ސަތޭކަ ބަޔަކާއި ތޯލިބާނުންގެ ލީޑަރުންގެ ކުރިމަތީގައި އެވެ.

މިކަން ބައިނަލްއަގުވާމީ ފަރާތްތަކުން ދަނީ ކުށްވެރި ކުރަމުންނެވެ. އެގޮތުން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ދަނީ އެކަން ކުށްވެރިކޮށް އަފްގާންގެ ހާލަތު ގާތުން ބަލަމުންދާ ކަމަށް ބުނެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް