މަލައިކާގެ މުއްސަނދި ގެ ދައްކާލައިފި

ބޮލީވުޑްގެ ބަތަލާ މަލައިކާ އަރޯރާއަކީ ބީ ޓައުންގެ އެންމެ ސްޓައިލް މީހުންގެ ތެރޭގައި ހިމެނޭ އެކަކެވެ. އުމުރުން 49 އަހަރުގެ މަލައިކާއަކީ ފިޓްނަސްއާއި މޮޑެލް ކުރުމުގައި އަދިވެސް އެންމެ ފޭވަރިޓުންގެ ތެރޭގ...

24 Nov 2022 | 05:25

ބޮލީވުޑްގެ ބަތަލާ މަލައިކާ އަރޯރާއަކީ ބީ ޓައުންގެ އެންމެ ސްޓައިލް މީހުންގެ ތެރޭގައި ހިމެނޭ އެކަކެވެ.

އުމުރުން 49 އަހަރުގެ މަލައިކާއަކީ ފިޓްނަސްއާއި މޮޑެލް ކުރުމުގައި އަދިވެސް އެންމެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އަދި އޭނާގެ ގޭންގު ކަމަށްވާ ކަރީނާ ކަޕޫރާއި އަމްރިތާ އަރޯރާ ހިމެނޭ ގޭންގަކީ އެންމެ މަޝްހޫރު ގްރޫޕެވެ.

މަލައިކާގެ ސްޓައިލް އާއި ފެޝަން ޓިޕްސްތަކަށް ޝައުގުވެރިވާ އެތައް ހާސް ބަޔަކު ތިބިއިރު އޭނާގެ ދިރިއުޅުން ބަލާލާ ހިތްވާ މީހުންވެސް މަދެއް ނޫނެވެ. މިފަހަރު އެފަދަ ފަރާތްތަކަށް މަލައިކާ ދައްކާލީ އޭނާ މުއްސަނދި ދިރިއުޅުމެވެ.

އެ ގޭގެ ފޮޓޯތައް އާންމު ކުރުމުން މީހުން ވަނީ މަލައިކާގެ ސްޓައިލް ގޭގެ ޑިޒައިންތަކުން ފެނިގެންދާ ކަމަށެވެ. އަދި ގެ ވަރަށް ރީތި ކަމަށް އެންމެންވެސް ގަބޫލުކޮށްފައިވެ އެވެ.

މަލައިކާގެ ލައިފް ސްޓައިލާ އެއްވަރަށް އޭނާގެ ލޯބީގެ ވާހަކައަކީވެސް ވަރަށް ހިނގާ ވާހަކައެކެވެ. މަލައިކާގެ ލޯބިވެރިޔަކީ ބޮލީވުޑްގެ ބަތަލް އަރްޖުން ކަޕޫރެވެ.

މަލައިކާގެ އަގުބޮޑު ގޭގެ ފޮޓޯތަކެއް އާންމުކޮށްފައި މިވަނީ މަލައިކާގެ ހަގީގީ ދިރިއުޅުން ފެނިގެންދާ ރިއަލިޓީ ޝޯއެއް ފަށަން ތައްޔާރުވަމުން ދަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް