އިންޑިއާގަ އަންހެނަކު މަރާލައި، ކޮށާލައިފި، މިފަހަރު އަނބިމީހާ!

އިންޑިއާގައި އަނެއްކާވެސް އަންހެނަކު މަރާލައި ކޮށާލައިފި އެވެ. މި ހާދިސާ ހިނގީ އުއްތަރް ޕްރަދޭޝްގެ ސީތަޕޫރުގައި އެވެ. މި ހާދިސާގައި ފުލުހުން ދެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައި އެވެ. ޖޯތީ އަލިއަސް ސްނ...

24 Nov 2022 | 04:33

އިންޑިއާގައި އަނެއްކާވެސް އަންހެނަކު މަރާލައި ކޮށާލައިފި އެވެ.

މި ހާދިސާ ހިނގީ އުއްތަރް ޕްރަދޭޝްގެ ސީތަޕޫރުގައި އެވެ. މި ހާދިސާގައި ފުލުހުން ދެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައި އެވެ.

ޖޯތީ އަލިއަސް ސްނޭހާ ކިޔާ އެ އަންހެން މީހާ މަރާލުމުގެ ކުށުގައި ހައްޔަރު ކުރީ އޭނާގެ ފިރިމީހާ ޕަންކަޖް މައުރްޔާ އާއި އެ ފިރިހެން މީހާގެ އެކުވެރިއެއް ކަމަށްވާ ދުރްޖަން ޕާސީ އެވެ. ދެމީހުންވެގެން ޖޯތީ މަރާލީ މިމަހުގެ އަށް ވަނަ ދުވަހު އެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރި ގޮތެއް އަދި ހާމައެއް ނުކުރެ އެވެ. ފުލުހުން ބުނީ މި މައްސަލައިގަ ޖޯތީގެ ފިރިމހާ ޕަންކަޖް ވަނީ އަންހެނުން މަރާލި ކަމަށް އެއްބަސްވެފައި ކަމަށެވެ.

ދެމީހުންގެ ކައިވެންޏަށް 10 އަހަރު ވެފައިވާއިރު މަރާލަން ނިންމީ ޖޯތީ މަސްތުވާތަކެތި ބޭނުން ކުރުން ނުހުއްޓުމުން ކަމަށް ބުނެފައިވެ އެވެ. އަދި އަބަދު އުޅެނީ އޭނާގެ މަސްތުވާތަކެއްޗަށް ދެވިހިފާފައި ތިބި އެކުވެރިންނާއި އެކު އެހެން ތަންތަނުގައި ކަމަށާއި މިފަހުން އޭނާ އެހެން ފިރިހެނަކާއި ގުޅުން ހިންގާކަންވެސް އެނގިފައިވާ ކަމަށް ޕަންކަޖް ފުލުހުންގެ ތަހުގީގުގައި ބުނެފައިވެ އެވެ.

ޖޯތީ މަރާލުމަށް ފަހު ކޮށާލީ ކިތައް ބަޔަށް ކަމެއް ހާމައެއް ނުކުރެ އެވެ. އެކަމަކު ފުލުހުން ބުނީ ޖޯތީގެ ހަށިގަނޑު ބުރިބުރި ކޮށްލީ އެއީ ކާކުކަން ނޭނގޭވަރު ކުރުމަށް ކަމަށް ޕަންކަޖް ބުނެފައިވާ ކަމަށެވެ.

މިފަދަ މައްސަލައެއް މިމަހުގެ ތެރޭގައި ވެރިރަށް ނިއުދިއްލީގައިވެސް ފެންމަތިވެފައިވެ އެވެ.

ޝްރައްދާ ވަލްކާ ކިޔާ އަންހެނަކު މަރާލުމަށް ފަހު ކޮށާލައި، 18 ބައެއް ޖަންގަލިތަކަށް އުކި މައްސަލަ ފަޅާއެރީ ހަ މަސް ފަހުންނެވެ. އޭނާ މަރާލި މައްސަލައިގަ ހައްޔަރު ކުރީ ލޯބިވެރިޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް