ދުނިޔޭގެ ފުޓްބޯޅައިގެ ރޭންކިންގައި ޖަޕާނަށްވުރެ ބޮޑުތަނުން ކުރީގައި އޮތް، ގަދަފަދަ ޖަރުމަނުވިލާތް ރޭގެ މެޗުން ޖަޕާނުން ބަލިކުރީ ދެ ލަނޑު އެއް ލަނޑުންނެވެ. ލިބުނު ޕެނަލްޓީއަކުން ޖަރުމަނު ކުރި ހޯދާފައިވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ޖަހައިގެންނެވެ.
އެ ކާމިޔާބީގެ އުފަލަކީ އޭސިއާ ބައްރަށްވެސް ލިބިގެންދިޔަ އުފަލެކެވެ. އަދި އަހަރެމެން ދިވެހިންނަށްވެސް ލިބިގެންދިޔަ އުފަލެކެވެ.
އުފަލުގެ ވާހަކަ ދައްކާއިރު ރޭގައި މެޗު ނިމުމުން އެންމެ ފުރަތަމަ އުފާ ފާޅުކުރުމުގެ ބަދަލުގައި ޖަޕާނުން ދެއްކީ އަނެއްކާވެސް ރިވެތި ނަމޫނާއެކެވެ. ޖަޕާނުގެ ސަޕޯޓަރުން މެޗު ނިމުމާއެކު އަވަސްވެގަތީ އެމީހުން ކުޅި ބަލަންތިބި އަލް ޚަލީފާ ސްޓޭޑިއަމަށް ސަޕޯޓަރުން ދޫކޮށްލި ކުނިބުނި ހޮވާ ސްޓޭޑިއަމް ސާފުކުރުމަށެވެ.
https://twitter.com/CBSSportsGolazo/status/1595443746799505408?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1595443746799505408%7Ctwgr%5Ed376859fb98844465a1b0e1d9c9ed2f58ae6d315%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.cbssports.com%2Fsoccer%2Fnews%2Fworld-cup-2022-japanese-fans-help-clean-up-trash-at-stadium-following-japans-upset-win-over-germany%2F
"މެޗު ނިމުމާއެކު އެމީހުން، އެމީހުންގެ ޝީޓުތަކުން ތެދުވެ ފުރަތަމަ އެ ޝީޓުތައް ސާފުކުރި ދެން ކޮތަޅުތައް ނަގައިގެން މުޅި ސްޓޭޑިއަމުން ކުނިބުނި ސާފުކުރަން ފެށި" ބައިނަލްއަގްވާމީ މީޑިއާއެއްގައި ރިޕޯޓްކޮށްފައިވެއެވެ.
"އަހަރެމެންނަކީ ކުނިބުނި ދޫކޮށްފައިދާނެ ބައެއް ނޫން" ތިޔައީ ވީޑިއޯއަށް ދެއްކުމަށް ކުރާކަމެއްތޯ ގަތާރީ ވްލޮގަރަކު ސުވާލުކުރުމުން ޖަޕާނު ސަޕޯޓަރުން ބުނެއެވެ.
https://www.instagram.com/reel/ClN3WSIIKLF/?utm_source=ig_embed&ig_rid=8dcdb360-e504-4fac-88d7-706f2617d6d6
ޖަޕާނުން މި ނަމޫނާ ދެއްކި، މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. 2018 ރަޝިޔާ ވޯލްޑްކަޕުގައި ތިނެއް ދެޔަކުން ބެލްޖިއަމް އަތުން ޖަޕާނު ބަލިވުމުންވެސް ޖަޕާނު ސަޕޯޓަރުން ސްޓޭޑިއަމް ދޫކޮށް ދިޔައީ ސްޓޭޑިއަމް ސާފުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް