ފަތުރިވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކުން ވީހާވެސް އަވަހަށް ރަޖިސްޓަރވުމަށް އެމްއެމްއޭއިން އިލްތިމާސްކޮށްފި

ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކުން ވީހާވެސް އަވަހަކަށް އެމްއެމްއޭގައި ރަޖިސްޓަރވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ. އެގޮތުން އެ އޮތޯރިޓީން ނެރެފައިވާ އިއުލ...

24 Oct 2024 | 18:55

ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކުން ވީހާވެސް އަވަހަކަށް އެމްއެމްއޭގައި ރަޖިސްޓަރވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެގޮތުން އެ އޮތޯރިޓީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ ތެރެއިން ޓީޖީއެސްޓީ ދައްކާ ފަރާތްތަކުން ބޭރުފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ވީހާވެސް އަވަހަށް އެ އޮތޯރިޓީގައި ރަޖިސްޓާވުމަށް އިލްތިމާސްކުރާކަމަށެވެ.

ބޭރުފައިސާއާ ބެހޭ ގަވާއިދުގެ ދަށުން، އެ އޮތޯރިޓީގައި ރަޖިސްޓާވާން ޖެހޭ އެންމެ ފަހު ތާރީޚަކީ 30 އޮކްޓޫބަރު 2024 ކަން އެމްއެމްއޭއިން އެ އިއުލާނުގައި ހަނދާންކޮށްދީފައިވެއެވެ.

އެމްއެމްއޭއިން ބުނެފައިވާގޮތުގައި ރަޖިސްޓާވާން ޖެހެނީ އެމްއެމްއޭ އެފްއެކްސް ރެޖިސްޓްރޭޝަން ޕޯޓަލް https://extranet.mma.gov.mv/foreign-exchange ގައި ވާ ރަޖިސްޓްރޭޝަން ފޯމް މެދުވެރިކޮށެވެ. މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3012121 އަށް ކަމަށާއި އީމެއިލް އިންނަމަ [email protected] މެއިލްކޮށްގެންވެސް މައުލޫމާތު ސާފުކުރެވޭނެކަމުގައި އެމްއެމްއޭއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް