ދެ ޑިންގީ ޖެހި ހިނގި އެކްސިޑެންޓްގައި މީހަކު ގެއްލިފައިނުވާކަމަށާއި މޫދަށް ވެރުނީ ޑިންގީގައި ހުރި ތަކެތި ކަމުގައި ފުލުހުން ބުނެފިއެވެ.
ފުލުހުން ފުރަތަމަ ބުނީ މިރޭ ހުޅުމާލެ ވެމްކޯ ޖެޓީއާއި ދިމާލުން ދެ ޑިންގީ ޖެހި އެކްސިޑެންޓްވެ މީހަކު މޫދަށް ވެއްޓި ގެއްލިގެން އުޅޭތީ ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަކަމަށެވެ.
ނަމަވެސް ފަހުން ބުނެފައިވަނީ މޫދަށް ވެއްޓުނީ މީހެއް ނޫން ކަމަށާއި މޫދަށް ވެރުނީ ޑިންގީގައި ހުރި ތަކެތި ކަމުގައިވާއިރު މިހާރު އެތަކެތި ނަގާފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް