ޓެކްސް އެޕީލް ޓްރައިބިއުނަލަށް 4 މެންބަރުން ޢައްޔަނުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހަތަރު މެންބަރުން މިއަދު ޢައްޔަނުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ހަތަރު މެންބަރުން ޢައްޔަނުކުރައްވާފައިވަނީ ޤ...

24 Oct 2024 | 16:10

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހަތަރު މެންބަރުން މިއަދު ޢައްޔަނުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ހަތަރު މެންބަރުން ޢައްޔަނުކުރައްވާފައިވަނީ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެމަތީންނެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ޢައްޔަނުކުރައްވާފައިވާ ހަތަރު މެންބަރުންނަކީ؛

  • އަލްފާޟިލް ޙަސަން ޒުހައިރު މުޙައްމަދު، ގ. މާވާރުލު
  • އަލްފާޟިލް އިބްރާހީމް ޝަރީފް، ގ. އަލިޝާ
  • އަލްއުސްތާޛާ ޝިފްޒާ ޢަބްދުލްޤައްޔޫމް، ގަސްދޮށުގެ، ގއ. ނިލަންދޫ
  • އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު، ހ. ހޯސްޓްސައިޑް

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވައިލައްވާފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޓެކްސް އެޕީލް ޓައިބިއުނަލަށް މި ހަތަރު މެންބަރުން ޢައްޔަނުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުން ވަނީ މި ހަތަރު ބޭފުޅުންނަށް ރުހުން ދެއްވާފައެވެ.

މިއަދު އައްޔަންކުރި ހަތަރު ބޭފުޅުންގެ ތެރެއިން އަބްދުލްޣަނީ އަކީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް