ޓިކްޓޮކް ލައިވެއްގައި ސަމާއަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަން ފަށައިފި

ޓިކްޓޮކް ލައިވެއްގައި މަރިޔަމް ސަމާ (ޓިކްޓޮކް ސަމާ) އަށް މީހަކު މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ފުލުހުން މިއަދު ބުނެފައިވާގޮތުގައި ޓިކްޓޮކްގައި އަންހެނަކަށް މަރުގެ...

24 Oct 2024 | 10:03

ޓިކްޓޮކް ލައިވެއްގައި މަރިޔަމް ސަމާ (ޓިކްޓޮކް ސަމާ) އަށް މީހަކު މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނެފައިވާގޮތުގައި ޓިކްޓޮކްގައި އަންހެނަކަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުންގެ ސަމާލުކަމަށް ވަނީ އައިސްފައި ކަމަށެވެ.

އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމުގައި ފުލުހުން ބުނެފައިވެއެވެ.

މަރުގެ އިންޒާރު ދީފައިވަނީ ސަމާއަށްކަން ފުލުހުން ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި މައްސަލަ ހުށަހަޅާފައިވަނީ އަމިއްލަ ފަރާތަކުންނެވެ.

ސަމާގެ ދެ ދަރިންނަށް ބަދު ދުއާކޮށް އަދި ސަމާއަށް މަރުގެ އިންޒާރުދީފައިވާ ޓިކްޓިކްލައިވެއްގެ ސްކްރީން ރެކޯޑިންއެއް ސޯޝަލް މީޑިއާގައި ފާއިތުވި ދެތިން ދުވަހަކު އަންނަނީ ދައުރުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް