ދައުލަތުން 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރި ބަޖެޓެއް ހުށަހަޅައިފި

މި އަހަރުގެ ބަޖެޓަށް 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ. މާލީ ވަޒީރު، މޫސާ ޒަމީރު ސަޕްލިމެންޓަރި މި ބަޖެޓް ހުށަހެޅުއްވީ މިހާރު ރައ...

24 Oct 2024 | 06:38

މި އަހަރުގެ ބަޖެޓަށް 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

މާލީ ވަޒީރު، މޫސާ ޒަމީރު ސަޕްލިމެންޓަރި މި ބަޖެޓް ހުށަހެޅުއްވީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކުރިއަށްދާ 20 ވަނަ ދައުރުގެ 40 ވަނަ ޖަލްސާގައެވެ.

5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާފައިވާއިރު ސަޕްލިމެންޓަރީ އެ ބަޖެޓުން 2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ ޕީއެސްއައިޕީގެ މަޝްރޫއުތަކަށެވެ.

ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓުގެ އިތުރު ތަފްސީލަށް ބަލައިލާއިރު ތެލާއި ކާޑާއި ކަރަންޓާއި ފެނާއި ނަރުދަމާ ހިމެނޭހެން ސަބްސިޑީތަކަށް އެއް ބިލިއަން، ކޮންޓިންޖެންސީ ބަޖެޓަށް 650 މިލިއަން، ސްޓޫޑެންޓް ލޯންތަކަށް 458 މިލިއަން، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 441 މިލިއަން، އެންސްޕާ އަށް 263 މިލިއަން، މެޑިކަލް ކޮންސިއުމެބަލްސް އަށް 200 މިލިއަން، މުސާރައަށް 24 މިލިއަން ކަނޑައަޅާފައިވެއެވެ.

ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅުއްވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ޖެހުނު ސަބަބުތަކުގެ ތެރޭގައި މި އަހަރަށް ދައުލަތުން ކަނޑައެޅި ބަޖެޓު ކަނޑައެޅީ ކުރީ ސަރުކާރުވެރިކަމުގައި މި ސަރުކާރުން ބޭނުންވާ ކަންކަން ބަޖެޓުގައި ހިމަނާފައިނުވުމުންނާއި ޕްރޮޖެކްޓްތައް ހިންގުމަށް ބަޖެޓް ނެތުމުންނާއި އަދިވެސް ފާހަގަކޮށްލެވޭ އިތުރު ބައެއް ސަބަބުތައްވެސް ހުރުމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް