އުމުރުން ދުވަސްވީ އަންހެނެއްގެ ކާޑުން ފައިސާ ވަގަށް ނަގައިގެން ދަނިކޮށް ކަނޑުމަތިން ދެމީހަކު ހައްޔަރު

އުމުރުން ދުވަސްވީ އަންހެނެއްގެ ކޭޝް ކާޑުން ފައިސާ ވަގަށް ނަގައިގެން ދަނިކޮށް ކަނޑުމަތިން ހުއްޓުވައި ދެމީހަކު ހައްޔަރުކޮށްފިއެވެ. މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި، ލައިފް ގޭ، ...

24 Oct 2024 | 06:23

އުމުރުން ދުވަސްވީ އަންހެނެއްގެ ކޭޝް ކާޑުން ފައިސާ ވަގަށް ނަގައިގެން ދަނިކޮށް ކަނޑުމަތިން ހުއްޓުވައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި، ލައިފް ގޭ، އުމުރުން 22 އަހަރުގެ މުހައްމަދު ޝައިން ޝަމީޒް އާއި ލ. ގަމު ތުނޑީ އަވަށު، ނޯތު ހެވަން ގޭ، އުމުރުން 24 އަހަރުގެ ހަމްދޫން ޚަލީލްއެވެ.

ފުލުހުން ބުނެފައިވަނީ ގއ. ވިލިނގިލީގައި އުމުރުން ދުވަސްވީ އަންހެނެއްގެ ކޭޝް ކާޑުން މާމެންދޫ ބީއެމްއެލް އޭޓީއެމްއިން ފައިސާ ނަގާފައިވާ މައްސަލަ ރޭގައި ހުށަހެޅުނުކަމަށެވެ.

"މި ރިޕޯޓާއި ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ކާޑު ވަގަށް ނެގިކަމަށް ތުހުމަތު ކުރެވޭ މީހުން މާމެންދޫއިން ވިލިނގިއްޔަށް ދަނިކޮށް ކަނޑުމަތިން ހުއްޓުވައި ވަނީ ހައްޔަރުކޮށްފައި" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ އެމީހުން ހައްޔަރުކޮށް އެމީހުންގެ ދަތުރުކުރި ލޯންޗު ބަލައި ފާސްކުރިއިރު އެ ކޭޝްކާޑު ބޭނުންކޮށްގެން އެމީހުން ވަގަށްނެގިކަމަށް ބެލެވޭ 25 ހާސް ރުފިޔާގެ ތެރެއިން 23 ހާސް ރުފިޔާ ފެނިފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް