އަންހެން އިލެކްޓްރީޝަނުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފަށަން ސްޓެލްކޯއިން ތައްޔާރުވެއްޖެއެވެ.
"ބިގިނާސް އިލެކްޓްރީޝަން ކޯސް ފޯ ވިމެން" ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އިލެކްޓްރިކަލް ދާއިރާއަށް އަންހެނުން ޝައުގުވެރިކުރުވައި އެ ދާއިރާގައި ފިރިހެނުންނާ އެއް ހަމައެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށް ދިނުމަށްޓަކައި ކުރިއަށް ގެންދަން ނިންމި ކޯހެއް ކަމުގައި ސްޓެލްކޯއިން ބުނެއެއެވެ.
16 އަހަރުން މަތީގެ އަންހެނުންނަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ކަރަންޓާ ގުޅޭ އަސާސީ ކަންކަން ކިޔަވައިދޭނެ ޕްރޮގްރާމެއް ކަމަށާއި ބައިވެރިވުމުގެ ފުރުސަތު ނޮވެމްބަރު މަހުގެ 04 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމުގައިވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.
މި ޕްރޮގްރާމް ކުރިއަށްގެންދަން ސްޓެލްކޯއިން ނިންމާފައިވަނީ ހަތަރު ދުވަހުގެ މުއްދަތަށެވެ. ކޮންމެ ދުވަހަކު ތިން ގަޑިއިރު ކިޔަވައިދޭފަދަ ގޮތަކަށެވެ. މި ޕްރޮގްރާމްގެ ތެރެއިން ރައްކާތެރި ގޮތުގައި ކަރަންޓު ބޭނުން ކުރުމާއި، ކަރަންޓަށް ކުރާ ހަރަދު ކުޑަ ކުރުމުގެ އިތުރުން، ކަރަންޓު ވަޔަރު ކުރުމުގެ އަސާސީ މައުލޫމާތު ކިޔަވައިދޭނެ ކަމުގައި ސްޓެލްކޯއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް