ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކުރުމަށް ގޮވާލައި ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

މި ސަރުކާރުން ދީފައިވާ ސިޔާސީ މަގާމުތަކާއި އެ މަގާމުތަކުގެ ތަފްސީލު ހާމަކުރުމަށް ގޮވާލައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ. ރައްޔިތު...

24 Oct 2024 | 06:11

މި ސަރުކާރުން ދީފައިވާ ސިޔާސީ މަގާމުތަކާއި އެ މަގާމުތަކުގެ ތަފްސީލު ހާމަކުރުމަށް ގޮވާލައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުއްލި މި މައްސަލަ މީކާއީލް ހުށަހެޅުއްވީ ސިޔާސީ ވެރިންނާއި ސިޔާސީ ފަރާތްތަކުގެ މުސާރަ ކުޑަކުރައްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ މި ދަނޑިވަޅަކީ ސިޔާސީ މަގާމުތަކުގެ އަދަދާއި އެ މަގާމުތަކުގެ ތަފްސީލު އެނގުން އެންމެ މުނާސަބު ވަގުތު ކަމަށް ބުނެއެވެ.

މި ބިލަށް ވޯޓަށް އެހުމުން މަޖިލީހަށް ހާޒިރުވެ ތިއްބެވި 68 މެންބަރުންގެ ތެރެއިން 59 މެންބަރުން ވޯޓުދެއްވީ ކުއްލި މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށެވެ. ފެންނަ ކަމަށް ވޯޓު ދެއްވީ 8 މެންބަރުންނެވެ. އެހެންކަމުން މީކާއީލް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގެންފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް