ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ބާއްވަން ތާވަލުކޮށްފިއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 40 ވަނަ ޖަލްސާގެ ގޮތުގައި މި ޖަލްސާ ތާވަލުކޮށްފައިވަނީ މިއަދު 11:00 ގައި ބޭއްވުމަށެވެ.
މި ޖަލްސާގެ އެޖެންޑާގައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 96 ވަނަ މާއްދާއާއި ގާނޫނު ނަމްބަރު 2006/3 (ދައުލަތުގެ މާލިއްޔަތު ގާނޫނު)ގައިވާ ގޮތުގެމަތިން، 2024 ވަނަ އަހަރަށް ލަފާކުރާ ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުމާއި އަދި އެ ބަޖެޓްގެ މަސައްކަތް ކުރިއަށް ގެންދިއުމެވެ.
އާންމުގޮތެއްގައި ބުރާސްފަތި ދުވަހަކީ މަޖިލިސް ޖަލްސާތައް ބާއްވާ ދުވަހެއް ނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް