ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި

އުމުރުން 8 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. މިފަދަ މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޯށްފައިވަނީ ދެކުނުގެ ރަށަކުންނެވެ. ފުލުހުން ބުނެފަ...

24 Oct 2024 | 04:48

އުމުރުން 8 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މިފަދަ މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޯށްފައިވަނީ ދެކުނުގެ ރަށަކުންނެވެ.

ފުލުހުން ބުނެފައިވާގޮތުގައި ސައުތު ޕޮލިސް ރީޖަން (ގއ. ގދ. ޏ އަދި ސ) ގައި ހިމެނޭ ރަށެއްގައި 8 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހުގައެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 26 އަހަރުގެ ބިދޭސީއެކެވެ. ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި އެމީހާއާއި ބެހޭ އިތުރު އެއްވެސް ތަފްސީލެއް އަދި މި މައްސަލައާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް