ސައޫދީ އަރަބިއްޔާގައި އިއްޔެ ހަތް މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވަމަށް ސައޫދީ ޕްރެސް އޭޖެންސީއާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
ސައޫދީގައި މަރުގެ ހުކުމް ތަންފީޒުކުރަމުން އަންނަނީ ދަންޖައްސައިގެންނެވެ.
އެގޮތުން އިއްޔެ މަރުގެ ހުކުމް ތަންފީޒުކުރި މީހުންގެ ތެރޭގައި ޔަހްޔާ ލުފްތުﷲ، އަލީ އަޒީބް، އަހްމަދު އަލީ، ސާލިމް ނަހްރީ ނަމަކަށް ކިޔާ މީހަކު ހިމެނޭއިރު އެ ހަތަރު މީހުންނަކީ ޔަމަނަށް ނިސްބަތްވާ، އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި މަރުގެ ހުކުމް އިއްވާފައިވާ ފަރާތްތަކެއް ކަން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުންވެސް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގައި މަރުގެ ހުކުމް އިއްވާފައިވާ ޕާކިސްތާނު މީހެއްގެ މައްޗަށްވެސް އެ ހުކުމް އިއްޔެ ތަންފީޒުކޮށްފައިވާކަން ހާމަކޮށްފައިވެއެވެ.
އަނެއް ދެމީހުންގެ ތަފްސީލެއް މީޑިއާ ރިޕޯޓުތަކުން ފާހަގަވާކަށް ނެތެވެ.
އޭއެފްޕީ ނޫސް އޭޖެންސީން ރިޕޯޓްކޮށްފައިވާގޮތުގައި އިއްޔެގެ އަދަދާއެކު މި އަހަރުގެ ތެރޭގައި ސައޫދީ އަރަބިއްޔާގައި މަރުގެ ހުކުމް ތަންފީޒުކުރި އަދަދު 236 އަށް އަރާނެއެވެ. އަދި އެ އަދަދުގެ ތެރެއިން 71 އަކީ މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތައް ކަމުގައިވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް