މުސާރައިން 50 އިންސައްތަ ނުނަގާގޮތަށް ނިންމަވާފައިވާކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ އިއުލާނުކުރެއްވެވި ނިންމެވުންތަކާއި ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އަބްދުއްރަހީމް ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ދިވެހި ދައުލަތުގެ އިގްޞާދީ ޙާލަތު ރަނގަޅު ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެތެރޭގައި ހިމެނޭ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައިން %10 ކުޑަ ކުރެއްވުމަށް ނިންމެވި ނިއްމެވުމަށް އެއްބާރުލުން ދިނުމުގެގޮތުން މުސާރައިން %50 ނުނަގާގޮތަށް ނިންމަވާފައިވާކަމަށެވެ.
އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ގިނަ ގިނަ ފިޔަވަޅުތަކެއް އަޅުއްވަން ރައީސް އިއްޔެ ނިންމެވިއެވެ. އޭގެތެރޭގައި އަންނަ އަހަރަށް ދައުލަތުގެ ބަޖެޓް ހުށަހަޅާއިރު ސިޔާސީ ވެރިންނާއި ސިޔާސީ މުވައްޒަފުންގެ މުސާރައިން ދެ އަހަރުގެ މުއްދަތަށް 10 އިންސައްތަ އުނިކުރުމަށާއި ހަމަ އެ މުއްދަތަށް އެމަނިކުފާނުގެ މުސާރައިން 50 އިންސައްތަ އުނިކުރުމަށް ރައީސް ނިންމެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް