ޣައްޒާއަށް ތެޔޮ ވެއްދިޔަ ނުދޭނެކަމަށް އިޒްރޭލުން ބުނެފި

ރަފާ ބޯޑަރު މެދުވެރިކޮށް ޣައްޒާއަށް ތެޔޮ ވެއްދިޔަ ނުދޭނެކަމަށް އިޒްރޭލުން ބުނެފިއެވެ. އިޒްރޭލުން މިހެން ބުނެފައިވަނީ އެ ގައުމުގެ އަސްކަރިއްޔާގެ ތަރުޖަމާނު ޑެނިއަލް ހަގާރިއެވެ. މިރޭ އޭނާ ބުނެފައިވަނީ ތ...

24 Oct 2023 | 18:56

ރަފާ ބޯޑަރު މެދުވެރިކޮށް ޣައްޒާއަށް ތެޔޮ ވެއްދިޔަ ނުދޭނެކަމަށް އިޒްރޭލުން ބުނެފިއެވެ.

އިޒްރޭލުން މިހެން ބުނެފައިވަނީ އެ ގައުމުގެ އަސްކަރިއްޔާގެ ތަރުޖަމާނު ޑެނިއަލް ހަގާރިއެވެ.

މިރޭ އޭނާ ބުނެފައިވަނީ ތެޔޮ ވައްދަން ފުރުސަތު ނުދޭނީ ވައްދާ ތެޔޮ ހަމާސްގެ އޮޕަރޭޝަންތަކަށް ބޭނުންކުރާނެކަން އެނގޭތީ ކަމަށެވެ.

ތެޔޮ ވެއްދިޔަ ނުދޭނެ ކަމަށް އިޒްރޭލުން ބުނެފައިވާއިރު  ތެޔޮ ނުލިބިއްޖެނަމަ ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ޣައްޒާ އެކުގައި ހުއްޓިދާނެ ކަމަށް އިންސާނީ އެހީދޭ ޖަމިއްޔާތަކުން ބުނެފައިވެއެވެ. އެގޮތުން އެ ޖަމިއްޔާއިން ފާހަގަކޮށްފައިވާގޮތުގައި ތެޔޮ ނުލިބިއްޖެނަމަ ހޮސްޕިޓަލުތަކުގެ ކަރަންޓު ކެނޑި ހޮސްޕިޓަލުތައް ހުއްޓުމަކަށް އަންނާނެއެވެ. އަދި އިންސާނީ އެހީދިނުމުގެ އެންމެހާ އޮޕަރޭޝަންތަކެއްވެސް އެކުގައި ހުއްޓުމާ ތެލާއި ގުޅިފައިވާކަމަށްވެސް ބުނެފައިވެއެވެ.

މިހާތަނަށް ތިން ފަހަރެއްގެ މަތިން 54 ލޮރީއެއްގެ އިންސާނީ އެހީ ޣައްޒާއަށް ވައްދާފައިވާއިރު އެއިން އެއިން އެއްވެސް ފަހަރަކު ތެޔޮ ވެއްދުމަށް ފުރުސަތު ދީފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް