އިރާގު އަދި ސޫރިޔާގައި ގާއިމްވެތިބޭ އެމެރިކާގެ ކޯލީޝަން ފައުޖުތަކަށް ފާއިތުވި ހަފްތާއެއްހާ ދުވަހު ގިނަ ހަމަލާތަކެއް އަމާޒުވެފައިވާތީ އެމެރިކާއިން ރުޅިގަދަވެއްޖެއެވެ.
އެގޮތުން އެމެރިކާއިން މިއަދު ބުނެފައިވަނީ އިރާގުގައިވާ ބޭސްތަކަށް 10 ހަމަލާއެއް އަދި ސޫރިޔާގެ ބޭސްތަކަށް ތިން ހަމަލާއެއް މިމަހުގެ 17 އިން ފެށިގެން މިއަދާއި ދެމެދު އަމާޒުވެފައިވާކަމަށެވެ.
އެމެރިކާއިން ބުނެފައިވަނީ އެ ހަމަލާތައް ދެނީ އިރާނިއަން ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ކަމަށާއި ހަމަލާތަކުގެ ފަހަތުގައިވަނީ ސީދާ އީރާން ކަމަށެވެ.
ރުޅިގަދަވެ އެމެރިކާއިން މިއަދު ބުނެފައިވަނީ ދިފާއުވާން އަދި ރައްދުދޭންވެސް އެމެރިކާއިން ތައްޔާރުވަމުން އަންނަ ކަމަށެވެ.
އެމެރިކާގެ ބޭސްތަކަށް ހަމަލާތައް އަމާޒުވަމުން އަންނައިރު އެމެރިކާއިން އަންނަނީ ޣައްޒާއަށް އިޒްރޭލުން ދެމުން އަންނަ ހަމަލާތަކަށް ވާގިވެރިވެ އިޒްރޭލަށް ހިތްވަރު ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް