ޗައިނާގެ ކޯސްޓްގާޑުގެ އުޅަނދުތައް "ގަސްދުގައި" ފިލިޕީންސްގެ އުޅަނދުތަކުގައި ޖައްސައި އެކްސިޑެންޓް ކޮށްފައިވާ ކަމަށް ފިލިޕީންސުން ތުހުމަތުކޮށްފި އެވެ.
ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި ޗައިނާގެ ކޯސްޓްގާޑުގެ އުޅަނދެއް ފިލިޕީންސްގެ މަސްބޯޓުތަކާ ޖެހި އެކްސިޑެންޓްވި ކަމަށް ބުނެ ފިލިޕީންސް އިން ޗައިނާއާ ދެކޮޅަށް ރަސްމީކޮށް މައްސަލަ ވަނީ ހުށަހަޅައިފަ އެވެ. މި ހާދިސާ ހިނގާފައިވަނީ ޗައިނާއިން ވެސް ދަޢުވާކުރާ ސަރަޙައްދެއް ކަމަށްވާ ސްކާބަރޯ ޝޯލް ކައިރީގައެވެ.
ރިޕޯޓްތައް ބުނާ ގޮތުން ފިލިޕީންސް ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް (ޑީއެފްއޭ) އިން މި އަމަލު ސިފަކޮށްފައި ވަނީ "ފިލިޕީންސްގެ އިސްތިގުލާލަށް ވަރަށް ބޮޑަށް އަރައިގަތުން" ގެ ގޮތުގަ އެވެ.
މި އެކްސިޑެންޓުގެ ސަބަބުން ފިލިޕީންސްގެ މަސްދޯނިފަހަރަށް ބޮޑެތި ގެއްލުންތަކެއް ލިބި، ދެކުނު ޗައިނާ ކަނޑުގެ ސަރަޙައްދީ ދަޢުވާތަކާ ގުޅިގެން ޒަމާނުއްސުރެ އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ގޯސްވެގެން ދިޔައެވެ.
ޑީއެފްއޭ އިން ބުނީ މިހާދިސާގެ ސަބަބުން ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ނުރައްކާވެފައިވާ ކަމަށާއި މިފަދަ ކުރިމަތިލުންތަކުގެ ސަބަބުން އިތުރު ބޮޑެތި ހަމަނުޖެހުންތަކެއް އުފެދިދާނެ ކަމުގެ ކަންބޮޑުވުން އޮތް ކަމަށެވެ.
މިއީ ދެކުނު ޗައިނާ ކަނޑުގައި ޗައިނާގެ ހަރުކަށި އަމަލުތައް ހިންގަމުންދާ ދަނޑިވަޅެކެވެ. މިއީ ފިލިޕީންސް ފަދަ ގިނަ ގައުމުތަކުން ދެބަސްވާ ސަރަހައްދީ ދަޢުވާތަކެކެވެ. ވަކިން ހާއްސަކޮށް ސްކާބަރޯ ޝޯލް އަކީ އެތައް އަހަރެއް ވަންދެން ފްލޭޝްޕޮއިންޓަކަށް ވެފައި، މީގެ ކުރިން އުފެދުނު ދެބަސްވުންތަކުގެ ސަބަބުން ބައިނަލްއަގުވާމީ ކަންބޮޑުވުމެއް ވަނީ އުފެދިފަ އެވެ.
ފިލިޕީންސްގެ ރައީސް އިސްވެ ހުންނަވާ ފިލިޕީންސް ސަރުކާރުން ދަނީ ބައިނަލްއަގްވާމީ ގާނޫނުތަކަށް އިހުތިރާމްކޮށް، ކަނޑައެޅިފައިވާ މެރިޓައިމް ޕްރޮޓޮކޯލްތަކަށް ބޯލެނބުމަށް ޗައިނާއަށް ގޮވާލަމުންނެވެ. މީގެ ކުރިން ވެސް ފިލިޕީންސުން ވަނީ ބައިނަލްއަގުވާމީ ކޯޓުތައް މެދުވެރިކޮށް އާބިޓްރޭޝަނަށް އެދިފައި ކަމަށާއި، 2016 ވަނަ އަހަރު ދަ ހޭގްގެ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނުން ރަނގަޅު ހުކުމެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް ޗައިނާއިން ގެންދަނީ އެ ހުކުމަށް ދެކޮޅު ހަދަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް