ހަމާސްގެ ބެލުމުގެ ދަށުގައި ހުރިއިރު އެމީހުން ވަރަށް ބޮޑަށް އެހީވި: އިޒްރޭލްގެ ރަހީނެއް

ފަލަސްތީނު ހަމާސް ޖަމާއަތާއެކު ހޭދަކުރި ދެ ހަފުތާގެ ތެރޭގައި ހަމާސްގެ ހަނގުރާމަވެރިން ކަންތައް ކުރީ ވަރަށް އޯގާތެރިކަމާއެކު ރަނގަޅަށް ކަމަށްބުނެ އިޒްރޭލުގެ އުމުރުން ދުވަސްވީ އަންހެނަކު އޭނާގެ ތަޖްރިބާ...

24 Oct 2023 | 17:37

ފަލަސްތީނު ހަމާސް ޖަމާއަތާއެކު ހޭދަކުރި ދެ ހަފުތާގެ ތެރޭގައި ހަމާސްގެ ހަނގުރާމަވެރިން ކަންތައް ކުރީ ވަރަށް އޯގާތެރިކަމާއެކު ރަނގަޅަށް ކަމަށްބުނެ އިޒްރޭލުގެ އުމުރުން ދުވަސްވީ އަންހެނަކު އޭނާގެ ތަޖްރިބާ ހިއްސާކޮށްފިއެވެ.

އިޒްރޭލަށް ހަމާއިން އަރައި ރަހީނުކުރި މީހުންގެ ތެރޭން އެކެއް ކަމަށްވާ ޔޮޗޭވްޑް ލިފްޝިޓްޒް، 85، އަންގާރަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ ހަމާސް އިން އޭނާގެ ހާލު ބެލުމަށް ޑޮކްޓަރެއް ހަމަޖައްސައިދީ، އޭނާގެ ބޭސްފަރުވާގެ ކަންތައް ވަރަށް ރަނގަޅަށް ބަލަހައްޓާ، އޭނާގެ ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅަށް ބަލަހައްޓާފައިވާ ކަމަށެވެ.

"އެމީހުން ބުނީ ކީރިތި ޤުރުއާން ގަބޫލުކުރާ ކަމަށާއި އަހަންނަށް ގެއްލުމެއް ނުދޭނެ ކަމަށް،" އޭނާ ބުންޏެވެ.

އެ އަންހެން މީހާ މިނިވަން ކުރުމުން ހަމާސްގެ މެމްބަރަކާ ސަލާމް ކުރީ ކީއްވެތޯ ސުވާލު ކުރުމުން ބުނީ އެމީހުން "އަހަންނާ މެދު ރަނގަޅަށް ކަންތައްކޮށް، އަހަރެމެންގެ ހުރިހާ ބޭނުންތަކެއް ބަލަހައްޓާތީ" ކަމަށެވެ.

ހަމާސްގެ އަސްކަރީ ގޮފި ކަމަށްވާ އަލް ޤަސަމް ބްރިގޭޑްސް އިން ބުނީ އިސްރާއީލުގެ ދެ ގައިދީން ކަމަށްވާ ޔޮޗޭވްޑް ލިފްޝިޓްޒް އާއި ނޫރިތު ކޫޕާ، 79، ދޫކޮށްލީ އިންސާނީ ކަރާމަތަކަށްޓަކައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް