އެމެޒޯން ކޯރުގެ ފެންގަނޑު ހިނދި އާދަޔާ ޚިލާފު އާލަތްތަކެއް ފެންނަނީ

އެމެޒޯން ސަރަޙައްދުގައި ފާއިތުވި ގަރުނެއްގެ ތެރޭގައި ހިނގި އެންމެ ނުރައްކާތެރި ކާރިސާގެ ސަބަބުން، އެ ކޯރުގެ ފެންގަނޑު ހިނދި އައްސޭރިފަށުގައި އިންސާނުންގެ މޫނުތައް ހިމެނޭ ގޮތަށް ޒަމާންވީ ހިލައިގެ ކުރެހ...

24 Oct 2023 | 17:17

އެމެޒޯން ސަރަޙައްދުގައި ފާއިތުވި ގަރުނެއްގެ ތެރޭގައި ހިނގި އެންމެ ނުރައްކާތެރި ކާރިސާގެ ސަބަބުން، އެ ކޯރުގެ ފެންގަނޑު ހިނދި އައްސޭރިފަށުގައި އިންސާނުންގެ މޫނުތައް ހިމެނޭ ގޮތަށް ޒަމާންވީ ހިލައިގެ ކުރެހުންތައް ހާމަވާން ފަށައިފިއެވެ.

އާކިއޮލޮޖިސްޓް ޖައިމް ޑި ސަންތާނާ އޮލިވެއިރާ ވިދާޅުވީ މީގެ ކުރިން ވެސް ބައެއް ހިލަ ކުރެހުންތައް ފެނިފައިވީ ނަމަވެސް މިހާރު މިފެންނަ ޒާތުގެ އެއްވެސް ވައްތަރެއް މީގެ ކުރން ފެނިފައި ނުވާކަމަށާއި އޭގެ އަސްލު ދެނެގަތުމަށް ސައިންސްވެރިން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.

އެއް ސަރަޙައްދުން ފެންނަނީ ޔޫރަޕުގެ މީހުން އައުމުގެ މާކުރިން އެތާންގެ އަސްލު ވަޒަންވެރިން އެމީހުންގެ ތިލަތަކާއި ބުޅިތައް ތޫނުކުރި ކަމަށް ބެލެވޭ ހިލަގަނޑުގައި ހުރި ސްމޫތު ގްރޫވްތަކެވެ.

"މި ކުރެހުންތަކަކީ ޕްރެގްރެތިސްޓިކް ނުވަތަ ޕްރީކޮލޯނިއަލް ކުރެހުންތަކެކެވެ. އަޅުގަނޑުމެންނަށް ސީދާ ތާރީޚެއް ނުދެވޭނެ، އެކަމަކު އެ ސަރަހައްދުގައި އިންސާނުން ދިރިއުޅެފައިވާ ކަމުގެ ހެކިތަކަށް ބަލާއިރު، އަޅުގަނޑުމެން ނަށް ގަބޫލުކުރެވެނީ އެ މީހުންނަކީ ގާތްގަނޑަކަށް 1،000 އަހަރާއި 2،000 އަހަރާ ދެމެދުގެ އުމުރެއްގެ މީހުން ކަމަށް،" އޮލިވެއިރާ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

އޮލިވެއިރާ ވިދާޅުވީ އެތަނުން ކުރެހުންތައް އެންމެ ފުރަތަމަ ފެނުނީ 2010 ވަނަ އަހަރު ކަމަށެވެ.

ޕޮންޓޯ ދާސް ލަޖެސްގެ ނަމުން ނަން ދީފައިވާ މި ތަނަކީ އެމެޒޯންގެ އުތުރު އައްސޭރިފަށުގައި، ރިއޯ ނީގްރޯ އާއި ސޮލިމޯސް ކޯރުގެ ގުޅިފައިވާ ސަރަހައްދު ކައިރީގައި އޮންނަ ތަނެކެވެ. އާކިއޮލޮޖިސްޓުން މިހާރު މަސައްކަތް ކުރަމުން ދަނީ މި ފާހަގަކޮށްލެވޭ ކުރެހުންތަކުގެ އަސްލާއި މުހިންމުކަން ރަނގަޅަށް ދެނެގަތުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް