ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީ.އެމް.އާރް.އާރް) 2023ގެ ބިބް އަދި ރޭސް ކިޓް ދޫކުރަން ދިރާގުން ފަށައިފިއެވެ.
ޑީ.އެމް.އާރް.އާރްގެ ބިބް އެކްސްޕޯ ވަނީ އިއްޔެ ފަށާފައެވެ.
ދިރާގުން ބުނާ ގޮތުގައި ބިބް އެކްސްޕޯގައި ދުވުންތެރިންނަށް އެފަރާތްތަކުގެ ބިބް އަދި ރޭސް ކިޓް ހަވާލުކުރެވޭނެއެވެ.
ބިބް އަދި ރޭސް ކިޓް ދޫކުރަނީ އަމީނީ މަގުގައި ހުންނަ ދިރާގު ހެޑް އޮފީހުގަ 1ވަނަ ފަންގިފިލާއިން މާދަމާގެ ނިޔަލަށް ތިރީގައި މިވާ ވަގުތުތަކުގައެވެ:
- މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް
- ރޭގަނޑު 8:00 އިން 10:00 އަށް
ކޮންމެ ރޭސް ކިޓެއްގައިވެސް ޓައިމިންގ ޗިޕް ހިމެނިފައިވާ ބިބް، ރޭސް ޓީޝާޓު، ސްޓްރިންގް ބޭގް އަދި ހަތަރު ނަރުދަތި ހިމެނޭނެ ކަމަށް ދިރާގުން ބުނެއެވެ. އަދި ރޭސް ކިޓް ބަލާވަޑައިގަންނައިރު ދުވުންތެރިޔާގެ އައި.ޑީ ކާޑާއި ބިބް ނަންބަރު ހުށަހަޅަން ޖެހޭނެއެވެ.
މިއަހަރުގެ ޑީ.އެމް.އާރް.އާރް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާރކްގައި ކަމަށް ދިރާގުން ހާމަކުރައްވާފައިވެއެވެ.
4000 އަށް ވުރެ ގިނަ ބައިވެރިންނާއެކު މި އަހަރުގެ ރޯޑް ރޭހުގައި ފުރަތަމަ ފަހަރަށް ހާފް މެރަތަންއަށް ދުވުމުގެ ފުރުސަތުވެސް ދުވުންތެރިންނަށް ލިބިގެންދާނެ ކަމަށާއި އެހެން އަހަރުތަކެކޭ އެއްފަދައިން5K އަދި 10K ދުވުންވެސް އޮންނާނެ ކަމަށް ދިރާގުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް