އައްޑޫސިޓީ ހިތަދޫ ޑްރަގް ސެންޓަރު ކައިރި ވަލުތެރޭގައި ހުރި ލަކުޑިތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ހަރަކާތްތެރިވެ، ނިއްވާލައިފިއެވެ.
މި ހާދިސާގެ މަޢުލޫމާތު މިރޭ 18:54 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު އެ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަނީ ހަރަކާތްތެރިވެފައި ކަމަށް އެމްއެންޑީއެފް އިން ބުނެއެވ.
އަދި އެ ސަރަހައްދަށް ފަޔަރފައިޓަރުން ގޮސް ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން ނިއްވާލާފައި ވަނީ މިރޭ 19:31 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވަނީ ފާޙަގަކުރައްވާފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ހާމަކުރައްވާފައެވެ.
މިހާރަކަށް އައިސް އަލިފާނުގެ ހާދިސާތަށް ގިނަވެފައި ވާއިރު، މިއީ މިއަދު ހިނގައިފައިވާ ދެވަނަ އަލިފާނުގެ ހާދިސާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް