'ދިޔަރެސް' އިން 55 މިލިޔަން ޑޮލަރުގެ މަޝްރޫޢުއެއްގައި މިކުންފުނިން ސޮއިކުރަން އުޅޭކަމަށް ބުނާ ޚަބަރަކީ ދޮގު ޚަބަރެއް: އެމްޓީސީސީ

މިއަދު "ދިޔަރެސް" ނޫހުގައި ކޮރަޕްޝަން ހިމެނޭކަމަށް ތުހުމަތުވާ 55 މިލިޔަން ޑޮލަރުގެ މަޝްރޫޢުއެއްގައި އެމްޓީސީސީ އިން ސޮއިކުރަން އުޅޭކަމަށް ބުނެ ޝާއިޢުކޮށްފައިވާ ޚަބަރަކީ ކަނޑައެޅިގެން ހަޤީޤަތާއި ޚިލާފު...

24 Oct 2023 | 16:37

މިއަދު "ދިޔަރެސް" ނޫހުގައި ކޮރަޕްޝަން ހިމެނޭކަމަށް ތުހުމަތުވާ 55 މިލިޔަން ޑޮލަރުގެ މަޝްރޫޢުއެއްގައި އެމްޓީސީސީ އިން ސޮއިކުރަން އުޅޭކަމަށް ބުނެ ޝާއިޢުކޮށްފައިވާ ޚަބަރަކީ ކަނޑައެޅިގެން ހަޤީޤަތާއި ޚިލާފު ދޮގު ޚަބަރެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނާ ގޮތުގައި ދިޔަރެސް ނޫހުގައި ޝާއިޢުކޮށްފައިވާ އިސްވެދެންނެވުނު ހަޤީޤަތާއިޚިލާފު ޚަބަރުގައި އިޝާރާތްކޮށްފައިވާ މަޝްރޫޢުއަކީ ބައިނަލްއަޤުވާމީ ޕްރައިވެޓް އިންވެސްޓަރުން ރާއްޖޭގައި ކުރިއައްދިއުމަށް ރާވާފައިވާ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއުއަކަށްވެފައި، ވިޔަފާރި ކުންފުންޏެއްގެ ހައިސިއްޔަތުން އެ މަޝްރޫޢު ކާމިޔާބު ކުރުމަކީ މިވަގުތު އެ ކުންފުނީގެ މުހިންމު އަމާޒެކެވެ.

އަދި މި މަޝްރޫޢުގެ ކްލައިންޓާއިއެކު މަޝްވަރާކުރަމުންދާ މިދަނޑިވަޅުގައި ކުންފުނީގެ ނަޒާހަތްތެރިކަމާއިމެދު ސުވާލުއެފެއްދުމުގެ މަޤުސަދުގައި މިފަދަ ހަޤީގަތާއި ޚިލާފު ދޮގު ޚަބަރު ފެތުރުމުގެ ސަބަބުން މި މަޝްރޫޢު އެމްޓީސީސީ އިން ގެއްލިދާނެ ކަމުގެ ބިރު ވަރަށް ބޮޑުކަމުގައި އެ ކުންފުނިނއ ދެކޭކަމަށް ބުނެފައިވެއެވެ.

މީގެ އިތުރަށް، މިވަގުތު މަޝްވަރާކުރަމުންދާ މިފަދަ އެހެން މަޝްރޫޢުތަކާއި ކުރިއަށް ލިބޭނެކަމަށް ލަފާކޮށްފައިވާ މަޝްރޫޢުތަކަށްވެސް މިފަދަ ނޭދެވ އަމަލުތަކުގެ ސަބަބުން އެތަކެތް ގެއްލުމެއް ކުރިމަތިވެ، ކުންފުނީގެ ޙިއްސާދާރުންކަމަށްވާ ދިވެހި ސަރުކާރާއި އާންމު ޙިއްސާދާރުންނަށް ލިބޭނެކަމަށް ލަފާކުރި ނަފާ ގެއްލުމުގެ ފުރުސަތުވެސް މިހާރު މިވަނީ އިތުރުވެފައި ކަމަށް އެމްޓީސީސީ އިން ފާހަގަކުރައްވައެވެ.

އެ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ވޭތުވެ ދިޔަ 4 އަހަރު ކުރެވުނު މަސައްކަތުގެ ތެރެއިން ވާނީ "ޕްރައިސިން ޕޮލިސީ" ގެ ނަމުގައ،ި ކުންފުނިން ކުރާ ވިޔަފާރީގައި ފައިދާގެ އިންސައްތަ ހިމަނާނެ މިންވަރު ބަޔާންކުރާ ޕޮލިސީއެއް އެކަށައަޅާފައި އެ ކުންފުނިން ހާމަކުރެއްވިއެވެ.

އެހެންކަމުން އެމްޓީސީސީ އިން ކުރިމަތިލާ ކޮންމެ ވިޔަފާރި މުޢާމަލާތެއްގައި އިސްވެދެންނެވުނު ޕޮލިސީގައި ބަޔާންކޮށްފައިވާ ފައިދާގެ މިންވަރަށް ވުރެން ދައްކޮށް މަޝްރޫޢުއެއް ކުރިއަށްގެންދަން ކުންފުނީގެ މެނޭޖްމަންޓުން ބޭނުންވާނަމަ އެކަން ކުރިއަށްގެންދަން ކަޑައްތުކުރަންޖެހޭ މަރުހަލާތައްވެސް ވަނީ އިސްވެ ދެންންވުނު ޕޮލިސީގައި ބަޔާންކޮށްފައި ކަމަށް އެ ކުންފުނިން ބުނެއެވެ.

އެގޮތުން ވަކި އިންސައްތައަކަށްވުރެން ވިޔަފާރީގެ މުޢާމަލާތުގެ ފައިދާ ކުޑަކަމުގައި ވަނީނަމަވެސް، ޖުމުލަކޮށް ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް އޮތް ފުރުސަތު އިތުރުވާނެ ނުވަތަ ކުންފުނީގެ ވަނަވަރަށް އިންޤިލާބީ ބޮޑު ބަދަލެއް ގެނުވާނެ މަޝްރޫޢުއެއް ނުވަތަ މުޢާމަލާތެއްކަމުގައިވާނަމް، ްއ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ އިޒުނައާއިއެކު ކުރިއަށް ދިއުމަށް އިސްވެ ދެންނެވުނު ޕޮލިސީ ހުރަހެއް ނާޅަނެ ކަމަށްވެސް އެމްޓީސީސީ އިން ބުނެފައިވެއެވެ.

ރައްޔިތުންގެ ހިތުގައި މިކުންފުންޏަށާއި، ކުންފުނީގެ މެނޭޖްމަންޓަށް ލިބިފައިވާ އިތުބާރާއި، ލޯބި ފަނޑުކޮށްލުމަށް ގަސްތުގައި ކޮށްފައިމިވާ ނާތަހުޒީބު މިޢަމަލުގެ ސަބަބުން އެމްޓީސީސީ އަށް އަދި ޖުމުލަކޮށް ދިވެހިރާއްޖޭގެ އިޤުތިސާދައްވެސް އިޔާދަނުކުރެވޭ ނެފަދަ ބޮޑު ގެއްލުމަކާއި ކުރިމަތިލާންޖެހިދާނެކަމުގައި އެމްޓީސީސީ އިން ދެކޭކަމަށް ބުނެފައިވެއެވެ.

އަދި މި މަޝްރޫޢު ކުރިއަށް ގެންދަން ނިންމާފައިވަނީ އެ ކުންފުނީގެ އިސްވެރިންތަކަކަށް ނާޖާއިޒު ފައިދާއެއް ހޯދުމުގެ ބޭނުމުގައިކަމަށް ބަޔާންކޮށް ދިޔަރެސްއިން ތުހުމަތުކޮށް ލިޔެފައިވާ ދޮގު ޙަބަރުވެސް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް ބުނެފައިވެއެވެ.

އެމްޓީސީސީ އަށް އަދި ކުންފުނީގެ ވެރިން ބަދުނާމު ވާގޮތަށް އަދި ޢާންމު ރައްޔިތުންނާޢި ކުންފުނީގެ ވިޔަފާރީގެ ބައިވެރިންގެ މެދުގައ،ި ކުންފުންޏަށް އޮތް އިތުބާރު ގެއްލޭގޮތަށް، މިފަދަ ޙަޤީޤަތާއި ޚިލާފު ދޮގު ޚަބަރު ނުފެތުރުމަށް "ދިޔަރެސް" ނޫހަށް އެ ކުންފުނިން އިލްތިސާމްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް