އިޒްރޭލުން ޣައްޒާގެ ރައްޔިތުންނަށް ހަމާސް އާއި ދެކޮޅުވުމަށް ރިޝްވަތު ހުށަހަޅައިފި !

އިޒްރޭލުން ޣައްޒާގެ ރައްޔިތުންނަށް ރިޝްވަތު ހުށަހަޅައިފިއެވެ. އެގޮތުން މިއަދު ޣައްޒާގެ ތެރެއަށް މަތިން ދޫކުރި ކަރުދާސްތަކެއްގައި ބުނެފައިވަނީ ހަމާސް އިން އަސީރުން ފޮރުވައިގެން ގެންގުޅޭ ތަންތަނާއި ހަމާ...

24 Oct 2023 | 16:29

އިޒްރޭލުން ޣައްޒާގެ ރައްޔިތުންނަށް ރިޝްވަތު ހުށަހަޅައިފިއެވެ.

އެގޮތުން މިއަދު ޣައްޒާގެ ތެރެއަށް މަތިން ދޫކުރި ކަރުދާސްތަކެއްގައި ބުނެފައިވަނީ ހަމާސް އިން އަސީރުން ފޮރުވައިގެން ގެންގުޅޭ ތަންތަނާއި ހަމާސްގެ ބިންގަރާސްތަކުގެ މައުލޫމާތު ހިއްސާކުރާނަމަ ފައިސާ ދޭނެ ކަމަށެވެ. އަދި ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމަށެވެ.

އެގޮތުން އެ ލިޔުންތައް އެންމެ ގިނައިން އެޅި އެއް ސަރަހައްދަކީ ޚާން ޔޫނިސް ސަރަހައްދުގެ ނާސިރް ހޮސްޕިޓަލުގެ ކައިރިއެވެ. އެ ހޮސްޕިޓަލަކީ ޣައްޒާގެ ގިނަ ރައްޔިތުންތަކެއް މިވަގުތު ބޯހިޔާވަހިކަން ހޯދަމުން އަންނަ އިމާރާތަކެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޣައްޒާގެ ރައްޔިތުން އަންނަނީ އެ ލިޔުންތައް ނަގާ ވީދަމުންނެވެ.

ޣައްޒާގެ ރައްޔިތުންނަށް އިޒްރޭލުން ރިޝްވަތު ހުށަހަޅާފައިވާއިރު ޣައްޒާ ރައްޔިތުންނަށް އިޒްރޭލުން އަނިޔާ ދެމުން އަންނަތާ އެތައް ދަހަރެއް ވަނީ ވެފައެވެ. މިހާރު އިޒްރޭލުން ކުރިއަށްގެންދާ ހަމަލާތަކުގައިވެސް ގިނައިން ދުނިޔެ ދޫކޮށްފައިވަނީ އާއްމު ރައްޔިތުންނެވެ.

އިޒްރޭލުން މިހާރު ހަނގުރާމަ ކުރަމުން އަންނަނީ ހަމާސް ޖަމާއަތް ނައްތާލާނެ ކަމަށްބުނެއެވެ. އެހެން ނަމަވެސް އަދި އެކަމުގައި އިޒްރޭލަށް ކާމިޔާބެއް ލިބިފައެއްނުވެއެވެ. އެކަމުގެ ނުތަނަވަސްކަމުގައި ހަނގުރާމައިގެ ޖަރީމާ އިންތިހާއަށް އަންނަނީ ހިންގަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް