ލ.ގަމު މުކުރިމަގު އަވަށު ވަލުތެރޭގައި ރޯވި އަލިފާން ނިއްވާލައިފި

ލ.ގަމު މުކުރިމަގު އަވަށު ފެނަކަ އޮފީސް ކައިރި ވަލުތެރޭގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކައްދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ހަރަކާތްތެރިވެ، ނިއްވާލ...

24 Oct 2023 | 16:00

ލ.ގަމު މުކުރިމަގު އަވަށު ފެނަކަ އޮފީސް ކައިރި ވަލުތެރޭގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކައްދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ހަރަކާތްތެރިވެ، ނިއްވާލައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ މަޢުލޫމާތު މިއަދު 17:55 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކައްދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު އެ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަނީ ހަރަކާތްތެރިވެފައި ކަމެވެ.

https://twitter.com/MNDF_Official/status/1716838115573481803

އެގޮތުން އެ ސަރަހައްދަށް ފަޔަރފައިޓަރުން ގޮސް ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން ނިއްވާލާފައި ވަނީ މިރޭ 18:33 ހާއިރު ކަމަށް އެމްއެންޑީއެފް އިން ފާޙަގަކުރައްވައެވެ.

އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މިހާރަކަށް އައިސް އަލިފާނުގެ ހާދިސާތަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދަނީ ހިނގަމުންނެވެ. މިކަމަށް ސަމާލުވުމަކީ ހުރިހާ ރައްޔިތުންވެސް ކުރަންޖެހޭކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް