މުސްލިމުންނަށް މަސްޖިދު-އަލް-އަޤްޞާ އަށް ނުވަދެވޭނެހެން އިޒްރޭލު ފުލުހުން ބަންދުކޮށްފިއެވެ.
ފަލަސްތީނުގެ ވަފާ ނޫސް އޭޖެންސީން މިކަން ރިޕޯޓްކޮށްފައިވަނީ ފަލަސްތީނުގެ އިސްލާމިކް ވަޤްފް ޑިޕާޓްމަންޓާއި ހަވާލާދީއެވެ.
އެ ޑިޕާޓްމެންޓުން ބުނެފައިވަނީ ކުއްލިއަކަށް މިއަދު މުސްލިމުންނަށް އަޤްޞާ މިސްކިތުގެ ހުރިހާ ގޭޓެއް ބަންދުކޮށްފައިވާކަމަށެވެ. ހެނދުނު ވަގުތު އުމުރުން ދުވަސްވީ މީހުންނަށް ވަނުމުގެ ފުރުސަތު ދިންނަމަވެސް މިހާރު ހުރިހާ މުސްލިމުންނަށް ނުވަދެވޭނެހެން ބަންދުކޮށްފައިވާކަމަށް އެ ޑިޕާޓްމެންޓާއި ހަވާލާދީ ވަފާއިން ރިޕޯޓްކޮށްފައިވެއެވެ.
މީގެ އިތުރުން މުސްލިމުންނަށް ބަންދު ނަމަވެސް ޔަހޫދީންނަށް ވަނުމުގެ ފުރުސަތު ދެމުން އަންނަ ކަމަށްވެސް ރިޕޯޓްކޯށްފައިވެއެވެ.
މުސްލިމުންނަށް އަޤްސާ މިސްކިތަށް ނުވަދެވޭނެހެން މީގެ ކުރިންވެސް އެތައް ފަހަރަކު އިޒްރޭލުން ބަންދުކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް