އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުޚްތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަންނަ ހުކުރު ދުވަހު ހުޅުމާލޭގައި ފަންޑްރައިޒިން ހަރަކާތެއް ބާއްވަން ތައްޔާރުވެއްޖެއެވެ.
އަމިއްލަ ފަރާތަކުން މި ހަރަކާތް ރާވާ އިންތިޒާމު ކުރަނީ އާބަންކޯ އަދި އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އޭއައިސީ) އާއި ގުޅިގެންނެވެ.
މި ހަރަކާތް އޮންނާނީ އަންނަ ހުކުރު ދުވަހު ހަވީރު 16:00 އިން 18:00 އިން އަދި ރޭގަނޑު 20:00 އިން 22:00 އަށް ރުއްގަނޑު ޕާކު އެކެއްގައި ކަމަށް މި ހަރަކާތް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ.
ފަންޑްރައިޒިން މި ހަރަކާތް ކުރިއަށްދާނީ ބަމްބަލް ސޭލަކާއެކުގައި ކަމަށާއި މި ސޭލަށް އެއްވެސް އެއްޗެއް ހަދިޔާ ކުރަން ބޭނުންވާ ފަރާތެއް ވާނަމަ 9574014 އަށް ގުޅުއްވައިގެން ކުރިއަށް ގެންދިއުމަށްވެސް ހަރަކާތް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް