ހަމާސް ނައްތާލަން އެކުގައި ނިކުންނަން ތައްޔާރު: ފްރާންސް

ހަމާސް ޖަމާއަތް ނައްތާލަން އިޒްރޭލުން ކުރާ މަސައްކަތުގެ ބައިވެރިއަކަށް ވުމަށް ފްރާންސުން ހުށަހަޅައިފިއެވެ. ފްރާންސުން މި ހުށަހެޅުން ހުށަހަޅާފައިވަނީ ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން މިހާރު އިސްރޭ...

24 Oct 2023 | 10:57

ހަމާސް ޖަމާއަތް ނައްތާލަން އިޒްރޭލުން ކުރާ މަސައްކަތުގެ ބައިވެރިއަކަށް ވުމަށް ފްރާންސުން ހުށަހަޅައިފިއެވެ.

ފްރާންސުން މި ހުށަހެޅުން ހުށަހަޅާފައިވަނީ ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން މިހާރު އިސްރޭލުގައި ހުރެ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއެކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މެކްރޮން ބުނެފައިވަނީ ޓެރަރިޒަމަކީ ފްރާންސްގެވެސް އަދުއްވެއް ކަމަށާއި މި ހަނގުރާމައިގާ އިޒްރޭލު އެކަނިވިޔަ ނުދޭނެ ކަމަށެވެ. އަދި އިޒްރޭލާއެކު ކޯލީޝަނަކަށްދާން ފްރާންސުން ހުށަހަޅާ ކަމަށެވެ.

ފްރާންސްގެ ރައީސް މިހެން ބުނެފައިވާއިރު އިޒްރޭލުން އަންނަނީ ހަނގުރާމައިގެ ނަމުގައި ލާއިންސާނީ އަދި ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު އެތައް ހަނގުރާމައިގެ ޖަރީމާއެއް ހިންގަމުންނެވެ. އެހެން ނަމަވެސް ފްރާންސާއި އެމެރިކާއާއި އިނގިރޭސިވިލާތުން އަންނަނީ އިޒްރޭލަށް އިތުރަށް ހިތްވަރުދީ މަދަދުވެރިވަމުންނެވެ.

ފްރާންސްގެ ރައީސްގެ އިތުރުން އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި އެމެރިކާގެ ބޮޑުވަޒީރު ރިޝީ ސުނާކުވެސް ވަނީ ހަމަ މި ބީދައިން އިޒްރޭލަށް ގޮސް މި މޭރުމުން ވާހަކަދައްކައި އިޒްރޭލަށް އިތުރަށް ހިތްވަރު ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް