ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެފައި ވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެގޮތުން ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ މިހާތަނަށް ދައުލަތަށް 26.3 ބިލިއަން ރުފިޔާ ލިބިފައި ވެއެވެ. މިދިޔަ އަހަރު ލިބިފައި ވަނީ 22 މިލިއަން ރުފިޔާއެވެ.
އެހެންކަމުން ދައުލަތަށް ލިބުނު އާމްދަނީ މިވަނީ މިދިޔަ އަހަރަށްވުރެ ހަތަރު ބިލިއަން ރުފިޔާ އިތުރު ވެފައެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި ދައުލަތަށް އެންމެ ގިނައިން އާމްދަނީ ލިބިފައި ވަނީ ޓެކްސްގެ ޒަރިއްޔާއިންނެވެ. އެގޮތުން ޓެކްސްގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 29.1 ބިިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.
މިއަހަރު ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބިފައި ވަނީ 488 މިލިއަން ރުފިޔާއެވެ.
އާމްދަނީ އިތުރުވިއިރު، މި އަހަރުގެ މިހާތަނަށް ހަރަދުވެސް އިތުރުވެފައި ވާކަމަށް ހިސާބުތަކުން ދައްކައެވެ. އެގޮތުން މިދިޔަ އަހަރު ދައުލަތުން ހަރަދުކޮށްފައި ވަނީ 29 ބިލިއަން ރުފިޔާއެވެ. މި އަހަރުގެ މިހާތަނަށް ދައުލަތުން ވަނީ 35 ބިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް