އިޒްރޭލު ހަމަލާތަކުގައި ކޮންމެ 15 މިނެޓަކުން ކުޑަކުއްޖަކު ޝަހީދުވަމުން އެބަދޭ

މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި އިއްޔެއާއި ހަމައަށް 5،087 މީހަކު ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި ދެ ހާހަށްވުރެ ގިނައީ ކުޑަކުދިންނެވެ. "ދަ ޑިފެ...

24 Oct 2023 | 06:49

މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި އިއްޔެއާއި ހަމައަށް 5،087 މީހަކު ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި ދެ ހާހަށްވުރެ ގިނައީ ކުޑަކުދިންނެވެ.

"ދަ ޑިފެންސް ފޮރ ޗިލްޑްރެން އިންޓަނޭޝަލް" ގެ ފަލަސްތީނު ގޮފިން ހާމަކޮށްފައިވާގޮތުގައި އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގައި ކޮންމެ 15 މިނެޓަކުން ކުޑަކުއްޖަކު ޝަހީދުވަމުން އެބަ ދެއެވެ. އަދި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 100 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުވަމުން އެބަދެއެވެ.

ބައިނަލްއަގްވާމީ ގާނޫނުތައް ބުނާގޮތުގައި މިފަދަ ހަނގުރާމަތަކުގައި އާންމުންގެ ފުރާނައަކީ އެހެން ނަގައިލެވިގެންވާނެ އެއްޗެއް ނޫނެވެ. ވަކީން ހާއްސަކޮށް ކުޑަކުދިންނެވެ. އެހެން ނަމަވެސް އިޒްރޭލުން އަންނަނީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކަށްވެސް ގޮންޖަހަމުން ހުއްޓުމެއްނެތި ޣައްޒާއަށް ބޮން އަޅަމުންނެވެ. އަދި މި ގަތުލު އާންމު ހިންގުމުގައި އެމެރިކާ އާއި އިނގިރޭސިވިލާތުން އަންނަނީ ފާޅުގައި ވާގިވެރިވެ އިޒްރޭލަށް ހިތްވަރު ދެމުންނެވެ.

އިއްޔެއާއި ހަމައަށް ޝަހީދުވި މީހުންގެ ޖުމްލަ އަދަދި ފަސް ހާހުން މައްޗަށް ގޮސްފައިވާއިރު ރޭގެ ހަމަލާތަކުގައި އެކަނި 140 މީހަކު ޝަހީދުވެފައިވާކަމަށް މިހާރު މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް