ރޭގެ ދަންވަރާއި ފަތިހުގެ ހަމަލާތަކުގައި އެކަނި 110 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް ޣައްޒާގެ ސިއްހީ އިދާރާތަކުން ބުނެފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ރޭގައި އިޒްރޭލުން ވައިގެ ހަމަލާތައް ދިން ސަރަހައްދުތަކުގެ ތެރޭގައި ހިމެނެނީ އުތުރު ޣައްޒާގެ އަލް-ޝަތީ ރެފިއުޖީ ކޭމްޕާއި ޖަބާލިޔާ ރެފިއުޖީ ކޭމްޕްގެ އަލް-ބަލަދު ސަރަހައްދާއި ޣައްޒާގެ މެދުތެރޭގެ އަލް-ބުރެއިޖް ރެފިއުޖީ ކޭމްޕްގެ އިތުރުން ޣައްޒާގެ ދެކުނުގެ ރަފާ ސަރަހައްދާއި ޚާން ޔޫނިސް ސަރަހައްދަށެވެ.
ފަލަސްތީނުގެ ނޫސް އޭޖެންސީ ވަފާއިން ބުނެފައިވާގޮތުގައި ރަފާއިން އެކަނި 30 މީހެއްގެ ފުރާނަ ގެއްލިފައިވެއެވެ. އަދި ޚާން ޔޫނިސް އިން އެކަނި 23 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު ޚާން ޔޫނިސް ސަރަހައްދުން ޒަޚަމްވެފައިވާ މީހުންގެ އަދަދު 80 އިން މައްޗަށްދެއެވެ.
މީގެ އިތުރުން އަލް-ޝަތީ އާއި އަލް-ބުރެއިޖް ރެފިއުޖީ ކޭމްޕުންވެސް ބައެއްގެ ފުރާނަ ގެއްލިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް