ދިރާގުގެ އައު "ސަޅި ކުއާރޓާލީ" އެޑް-އޮންއާއި އެކު ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ތިން މަސް ދުވަހުގެ ނިޔަލަށް 6ޖީބީ ޑެއިލީ ޑޭޓާ ލިބޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
އެގޮތުން މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް މިހާރު އެންމެ 1100 ރުފިޔާއަށް ޖުމްލަ 540ޖީބީގެ ޑޭޓާ ލިބިގެންދާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.
"ސަޅި ކުއާރޓާލީ" އެޑް-އޮން ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް https://bit.ly/Dhiraagu-App ނުވަތަ 343 އަށް ‘S1GB90’ޖަހާފައި އެސްއެމްއެސްއެއް ކޮށްލައިގެން ވެސް އެކްޓިވޭޓް ކޮށްލެވޭނެއެވެ.
ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ޕްލޭނެކެވެ. އަދި މި ޕްލޭން ނަގައިގެން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް