ވަޒީފާގެ ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް "އެމްއެންޔޫ ފަހި ފުރުސަތު" ގެ ނަމުގައި މައުރަޒެއް ބާއްވަން ނިންމައިފިއެވެ.
މި މައުރަޒަކީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ދަސްވެނިވާ ދަރިވަރުންނަށާއި އާންމުންނަށް ވެސް ހުޅުވާލައިގެން ބޭއްވޭ މައުރަޒެކެވެ.
އެމްއެންޔޫ އިން މައުލޫމާތު ދީފައިވާ ގޮތުގައި މިމައުރަޒު ކުރިއަށްދާނީ އަންނަ މަހުގެ 9 އިން 10 އަށް ކޮންމެ ދުވަހަކުވެސް ހަވީރު 04:00 އިން ރޭގަނޑު 10:00 އަށް ގައުމީ ޔުނިވަރސިޓީގެ މައި މަރުކަޒުގައެވެ.
"އެމްއެންޔޫ ފަހި ފުރުސަތު" މައުރަޒުގެ މަޤުސަދުތައް:
- ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި އުފެއްދުންތެރިންނަށް ބޭނުންވާ ފުރުސަތުތައް ޔުނިވަރސިޓީގެ ތެރެއިން ފަހިކޮށްދީ އެފަދަ މާހައުލެއް އުފެއްދުން.
- ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މާލޭގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި އެކި މުއައްސަސާތަކުގައި ހުރި ތަފާތު އެކި ކަހަލަ އާމްދަނީ ނުވަތަ މަސައްކަތުގެ ތަޖުރިބާ ލިބޭނެ ފަދަ ފުރުސަތުތައް އާންމުންނަށް ދައްކާލެވޭނޭ ފުރުސަތު ތަނަވަސްކޮށްދެވޭނެ ފަދަ މާހައުލެއް ގާއިމުކޮށްދިނުން.
- ދިވެހިރާއްޖޭގައި ހުރި އެކިހަކަލަ ސިނާއީ ފުރުސަތުތަކާއި މިއާއި ގުޅޭނެފަދަ ކަންކަމަށް ހުނަރުވެރިން ބިނާކުރުމާއި އަހުލުވެރިކުރުވުމާއި މިފަދަ ކަންތައްތަކަށް ޝައުގުވެރިކަން އުފައްދާ ދެމެހެއްޓުމަށް ބާރުއެޅުން.
- އާންމުންނާއި ހިސާބަށް އެހާ ބޮޑަށް ފޯރުކޮށްނުދެވި ހުރި އެކި ކަހަލަ ފުރުސަތުތައް، ބްރޭންޑުތައް ނުވަތަ ވައްތަރުތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނޭ މާހައުލެއް އުފެއްދުން.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް