އާލިއާ މިފަހަރު ދިވާލީ ފާހަގަ ކުރަނީ އެނދުގައި އޮވެގެން!

އިންޑިއާގައި ހިންދޫ ދީނުގައި ފާހަގަ ކުރާ އެންމެ ބޮޑު އީދު ކަމަށް ދިވާލީ ފެށިގެން ކުރިޔަށް ދާއިރު ފިލްމީ ގިނަ ތަރިންދަނީ ޕާޓީތަކާއި ދީނީ އަޅުކަންތަކާއި ތަފާތު ހަރަކާތްތައް ބާއްވަމުންނެވެ. މި ހަރަކާތްތަ...

24 Oct 2022 | 12:40

އިންޑިއާގައި ހިންދޫ ދީނުގައި ފާހަގަ ކުރާ އެންމެ ބޮޑު އީދު ކަމަށް ދިވާލީ ފެށިގެން ކުރިޔަށް ދާއިރު ފިލްމީ ގިނަ ތަރިންދަނީ ޕާޓީތަކާއި ދީނީ އަޅުކަންތަކާއި ތަފާތު ހަރަކާތްތައް ބާއްވަމުންނެވެ.

މި ހަރަކާތްތަކުގައި ބޮލީވުޑްގެ މަޝްހޫރު ފަންނާނުންނާއި ޓީވީ ތަރިން ދަނީ ބައިވެރިވަމުންނެވެ. އެކަމަކު އެންމެ ގިނަ މީހުން ސަޕޯޓުކުރާ ބޮލީވުޑްގެ ކުޅަދާނަ ބަތަލާ އާލިއާ ބަޓް މިފަހަރު ދިވާލީ ފާހަގަ ކުރަނީ ތަފާތު ގޮތަކަށެވެ.

އާލިއާ ސަޕޯޓަރުންނަށް ދިވާލީގެ ތަހުނިޔާ ކިޔައި ކުރި ޕޯސްޓުގައި ދެ ފޮޓޯއެއް ހިމަނާފައިވެ އެވެ. އެއީ މިދިޔަ އަހަރު ދިވާލީގައި އޭނާ ސަޕޯޓަރުންނަށް ދޫކޮށްލި ފޮޓޯ އާއި މިހާރު އޭނާގެ ފޮޓޯ އެކެވެ.

މިހާރު ފޮޓޯގައި އޭނާ އޮތީ އެނދުގައި އަރާމު ކުރާށެވެ. ކައިރީގައި އޭނާ ގެންގުޅޭ ބުޅާ (އެޑްވާޑް) އޮތެވެ. އާލިއާ ބުނީ މިފަހަރު އޭނާ ދިވާލީ ފާހަގަ ކުރަނީ ބަނޑުބޮޑުވުން އެގޮތަށް ކަމަށެވެ.

މި ފޮޓޯއަށް އޭނާގެ އެތައް ހާސް ސަޕޯޓަރުންނެއް ދަނީ އޭނާއަށް ތަހުނިޔާ ކިޔައި ކޮމެންޓު ކުރަމުންނެވެ. އަދި އާލިއާ ކޮންމެ ހާލެއްގައި އޮތަސް ވަރަށް ރީތި ކަމަށް ބުނެފައިވެ އެވެ.

https://www.instagram.com/p/CkF9Aj_vWHE/

އާލިއާ މިހާރު ގިނައިން އުޅެނީ އަރާމު ކުރުމުގައި އެވެ. އޭނާ ވިހާނެ ކަމަށް ލަފާ ކުރަނީ އަންނަ ޑިސެމްބަރު މަހުގެ ފަހުކޮޅު އެވެ.

އާލިއާ އާއި ފިރިމީހާ ރަންބީރު ކަޕޫރު ކައިވެނި ކުރީ މިއަހަރުގެ އޭޕްރިލް 14 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް