ޗައިނާއިން ނަގާފައިވާ ދަރަނި ނުދައްކައިފިނަމަ ކެންޔާގެ މުދާ ހިފަހައްޓާނެކަމުގެ އިންޒާރު

ޗައިނާއިން ނަގާފައިވާ ލޯނުތަކުގެ ސަބަބުން ކެންޔާ  ޑިފޯލްޓްވުމާ ގާތްވެފައިވާއިރު، ޗައިނާއިން ވަނީ ކެންޔާގެ ދަރަނި ނުދައްކައިފިނަމަ ކެންޔާގެ މުދާ ހިފަހައްޓާނެ ކަމުގެ އިންޒާރު ދީފައެވެ. ކެންޔާ އަށް 2014 ...

24 Oct 2022 | 11:29

ޗައިނާއިން ނަގާފައިވާ ލޯނުތަކުގެ ސަބަބުން ކެންޔާ  ޑިފޯލްޓްވުމާ ގާތްވެފައިވާއިރު، ޗައިނާއިން ވަނީ ކެންޔާގެ ދަރަނި ނުދައްކައިފިނަމަ ކެންޔާގެ މުދާ ހިފަހައްޓާނެ ކަމުގެ އިންޒާރު ދީފައެވެ.

ކެންޔާ އަށް 2014 ވަނަ އަހަރުން ފެށިގެން ޗައިނާއިން ދަނީ އެ ގައުމުގެ އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށްވާ ސްޓޭންޑާޑް ގޭޖް ރޭލްވޭގެ އިތުރުން މަގުތަކާއި ސާފު ހަކަތައިގެ ވަސީލަތްތަކާއި އެހެނިހެން މަޝްރޫއުތައް ހިންގުމަށް  ބޮޑެތި ލޯނުތަކެއް ދެމުންނެވެ.

ކެންޔާގެ މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2022 ވަނަ އަހަރުގެ ޖޫން މަހު ކެންޔާގެ ބޭރުގެ ދަރަނި ވަނީ 36.4 ބިލިއަން ޑޮލަރަށް އަރާފައެވެ.

މި މުއްދަތުގައި ކެންޔާއިން  ޖުމްލަ 117.7 ބިލިއަން (972.7 މިލިއަން ޑޮލަރު) ޚަރަދުކޮށްފައިވާއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 24.7 ބިލިއަން ޑޮލަރު (204.1 މިލިއަން ޑޮލަރު) އިންޓަރެސްޓް ޕޭމަންޓްގެ ގޮތުގައި އަދި ގާތްގަނޑަކަށް 93 ބިލިއަން (768.5 މިލިއަން ޑޮލަރު) ރިޑެމްޕްޝަންގެ ގޮތުގައި ކޭއެސްއެޗް އިން ވަނީ ހަރަދުކޮށްފަ އެވެ. ކެންޔާގެ ޓްރެޜަރީ ޕްރޮޖެކްޓްތަކުން ޗައިނާގެ އެގްޒިމް ބޭންކަށް ދައްކަންޖެހޭ ދަރަނި އަނބުރާ ދެއްކުމަށް އަންނަ އަހަރު 800 މިލިއަން ޑޮލަރަށް އަރާނެ ކަމަށާއި މިއީ 2022 ވަނަ އަހަރަށް ލަފާކޮށްފައިވާ 351.7 މިލިއަން ޑޮލަރަށް ވުރެ 126.61 އިންސައްތަ އިތުރު އަދަދެއް ކަމަށް ފައިނޭންޝަލް ރިޕޯޓްތައް ބުނެއެވެ.

މި ޑިފޯލްޓް ވެފައި މިވަނީ ޗައިނާ ހިމެނޭ ގޮތަށް ބައިލެޓަރަލް ލޯނުދޭ ފަރާތްތަކުގެ ދަރަނި އަނބުރާ ދެއްކުން ފަސްކުރުމުގެ މުއްދަތު އިތުރު ހަ މަސް ދުވަހަށް އިތުރުކޮށްދިނުމަށް ކެންޔާއިން އެދުނުތާއަހަރެއްހާ ދުވަސް ފަހުންނެވެ.

މީގެ އިތުރުން، ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ލޮކްޑައުންތަކާއި ހުރަސްތަކުގެ ސަބަބުން ކެންޔާއަށް ކުރިމަތިވި ހީނަރުކަމުގެ ސަބަބުން، ކޭޝްފްލޯގެ ހާލަތު ގޯސްވެ، އާމްދަނީ ދަށަށް ދިއުމުގެ ސަބަބުން، އެ ޤައުމަށް ފައިސާ ދެއްކުމަށް ދަތިވެ، ދަރަނި ވަނީ އިތުރުވެފައެވެ.

ތަރައްގީވަމުން އަންނަ ގައުމުތަކާ އެކު ޗައިނާއިން ދޭ ލޯނުގެ މުއާމަލާތްތަކުގެ ޝަރުތުތަކަކީ އާދަޔާ ހިލާފަށް ސިއްރު ކޮށްފައިވާ ޝަރުތުތަކަކަށް ވާއިރު، ލޯނު ނަގާ ފަރާތްތަކުން އެހެން ކްރެޑިޓަރުންނަށް ވުރެ ޗައިނާގެ ލޯނުތައް އަނބުރާ ދެއްކުމަށް އިސްކަން ދޭން ޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް