ރާއްޖޭގެ އިޤްތިސާދު ކުރިއަރުވަން އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅަމުން ގެންދަވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ޓެކްސް ބޮޑު ކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލިސް ޖަލްސާއަށް ހާޒިރުވެވަޑައިގެން މިނިސްޓަރ އަމީރު ވިދާޅުވީ ގެންދަވާނެ ކަމަށާއި މިހާތަނަށް ސަރުކާރުން އަމަލު ކޮށްފައިވަނީ ވެސް އެފަދައިން ކަމަށެވެ.
ކޮވިޑް-19ގެ ވަބާއާ ގުޅިގެން ދުނިޔޭގެ އިޤްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ އަސަރު ރާއްޖެއަށް ވެސް ވަނީ ކޮށްފައެވެ. އެކަމުގު ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ބައެއް ޓެކްސްތައް ބޮޑުކުރުމަށް، ސަރުކާރުގެ ފަރާތުން މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު ވަނީ 'މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު' އިސްލާހު ކުރުމަށް ބިލެއް ހުށަހަޅާފައެވެ.
ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު ހުށަހަޅުއްވާފައިވާ އެ އިސްލާހުގައި ބުނެފައިވަނީ އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ - %6 އިން %8 އަށް ބޮޑު ކުރުމަށާއި ޓޫރިޒަމް ދާއިރާ އިން ނަގާ ޓީޖީއެސްޓީ - %12 އިން %16 އަށް ބޮޑު ކުރުމަށެވެ.
މިކަމާ ގުޅޭގޮތުން މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީރު އިތުރަށް ވިދާޅުވީ އަންނަ އަހަރުން ފެށިގެން ބައެއް ޓެކްސްތައް ބޮޑުކުރަން ސަރުކާރުން ހުށަހަޅާފައި ވާއިރު، އެގޮތަށް އެތެރޭގެ އާމްދަނީ އިތުރުކޮށްގެން ނޫނީ ދައުލަތުގެ ހަރަދުތައް ދެކޮޅުޖައްސައި ފިސްކަލް ސިޔާސަތުގެ އަމާޒުތައް ހާސިލު ނުވާނެ ކަމަށެވެ.
" "މިސާލަކަށް އޭރު ކޮވިޑާ އެކު ކުރަން ޖެހުނު މަސައްކަތްތައް ވެސް އަޅުގަނޑުމެން ވެސް ހަމަ ކައުންޓަ ފިސްކަލް ޕޮލިސީ، އެކްސްޕޭންޝަނަރަނީ ފިސްކަލް ޕޮލިސީގެ ތެރެއިން އަޅުގަނޑުމެން އެ މަސައްކަތްތަކެއް ކުރިން. އަޅުގަނޑުމެންނަށް ހަމަ ޖެހުނީ ހަރަދުތައް އިތުރުކޮށް، މާކެޓަށް ޕަމްޕުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަން." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ އިންފްލޭޝަން މަތިވުމުގެ ސަބަބުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އެމެރިކާގައި ވެސް ދިރިއުޅުމުގެ ހަރަދުތައް އުފުލި، އިންޓަރެސްޓް ރޭޓުތައް މަތިވަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް