ސްކޭމް ކޯލުތަކުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކަމާ ގުޅުން ހުރި އިދާރާތަކުން މަޝްވަރާ ފަށައިފި

އޮލޫވާލައިގެން މީހުން އަތުން ފައިސާ ޓްރާންސްފަރ ކުރުމާއި ސްކޭމް ކޯލުތަކުގެ މައްސަލަ އިތުރުވުމުން މިކަމާ ގުޅޭގޮތުން ކަމާ ގުޅުން ހުރި ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސް އޮފިޝަލުން މަޝްވަރާ ބައްދަލުވުމެ...

24 Oct 2022 | 09:22

އޮލޫވާލައިގެން މީހުން އަތުން ފައިސާ ޓްރާންސްފަރ ކުރުމާއި ސްކޭމް ކޯލުތަކުގެ މައްސަލަ އިތުރުވުމުން މިކަމާ ގުޅޭގޮތުން ކަމާ ގުޅުން ހުރި ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސް އޮފިޝަލުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މިކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ ރާއްޖޭގައި ސްކޭމް ކޯލް އަދި އޮޅުވާލައިގެން ފައިސާ ޓްރާންސްފާރކޮށް، ކުށްކުރުން ގިނަވަމުން ދާތީ މި ކަންކަން ހައްލުކުރަން އިދާރީ އަދި ޤާނޫނީގޮތުން ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އެމްއެމްއޭ، ބީއެމްއެލް އަދި އެމްއައިބީގެ އިސްވެރިންނާ މިއަދު ބައްދަލު ކުރައްވައިފި ކަމަށެވެ.

މި ބައްދަލުވުމުގައި އިސްކޮށް ހުންނެވީ ވެސް މިނިސްޓަރ ފައްޔާޒްއެވެ. ނަމަވެސް މި ބައްދަލުވުމާ ގުޅޭގޮތުން އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ.

ސްކޭމް ކޯލުތަކާއި މަކަރާއި ހީލަތުން މީހުން އަތުން ފައިސާ ޓްރާންސްފަރ ކުރުމުގެ މައްސަލަތައް ދުވަހުން ދުވަހަކަށް އަންނަނީ އިތުރު ވަމުންނެވެ. އެގޮތުން ބައެއް މީހުން މީސްމީޑިއާ މެދުވެރިކޮށާއި ބައެއް އިދާރާތަކުން ކަމަށް ބުނެ މީހުންނަށް އޮޅުވާލައިގެން ވެސް ފައިސާ ހޯދަމުން ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް