ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫޢުގެ ދެބައިކުޅަ އެއްބައި މަސައްކަތއް ނިންމައިފި އެވެ.
މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ މުޅި މަޝްރޫއުގެ 57 ޕަސެންޓު ނިންމާފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން އިލެކްޓްރިކަލް ޖަންކްޝަން ފޮށި ވަޅުލުމުގެ މަސައްކަތުގެ 82 ޕަެންޓު ނިމިފައިވާ ކަމަށެވެ. އަދި ޕްރޮޖެކްޓް ސައިޓުގައި މިހާރު ކުރިއަށް ދަނީ ސަބްބޭސް އެޅުމުގެ މަސައްކަތާއި، ތާރު އެޅުމުގެ މަސައްކަތާއި، އަދި މީގެ އިތުރުން ކާރބް ގައު ޖެހުމުގެ މަސައްކަތް ކަމަށް ބުންޏެވެ.
މި މަޝްރޫއުގެ ދަށުން، 5.3 ކިލޯ މީޓަރުގެ 11 މަގެއް ހެދުމާއި، 25،909 އަަކަ މީޓަރުގެ ސަރަޙައްދެއްގައި ދުއްވާ ސަރަޙައްދު ޤާއިމުކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި 11،114 އަަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދާނެ އެވެ.
މީގެ އިތުރުން ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެ އެވެ.
މި މަޝްރޫއަކީ 71.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް