ކޮންމެ އަހަރަކު ބަނޑުހައިހޫނު ކަމުގައި 3.1 މިލިއަން ކުޑަކުދިން މަރުވޭ

ކޮންމެ އަހަރަކު 3.1 މިލިއަން ކުޑަކުދިން ބަނޑުހައިހޫނު ކަމުގައި މަރުވަމުން އަންނަކަމަށާއި އޭގެ ތެރޭގައި ގިނައީ ފަސް އަހަރުން ދަށުގެ ކުދިން ކަމަށް ދި ވޯލްޑް ކައުންޓް (ޓީޑަބްލިއުކޭ) އިން ރިޕޯޓުކޮށްފިއެވެ...

24 Oct 2022 | 06:03

ކޮންމެ އަހަރަކު 3.1 މިލިއަން ކުޑަކުދިން ބަނޑުހައިހޫނު ކަމުގައި މަރުވަމުން އަންނަކަމަށާއި އޭގެ ތެރޭގައި ގިނައީ ފަސް އަހަރުން ދަށުގެ ކުދިން ކަމަށް ދި ވޯލްޑް ކައުންޓް (ޓީޑަބްލިއުކޭ) އިން ރިޕޯޓުކޮށްފިއެވެ.

ދި ވޯލްޑް ކައުންޓް އިން ރިޕޯތުކޮށްފައިވާ ގޮތުގައި ބަނޑުހައިހޫނު ކަމުގައި ކޮންމެ 10 ސިކުންތަކުން ކުޑަ ކުއްޖަކު މަރުވަމުން އަންނަ ކަމަށާއި އެކުދިން މަރުވަނީ ހަށިގަނޑަށް ލިބެން ޖެހޭ އަސާސީ ނިއުޓްރިއެންޓް ބޭނުންވާ ވަަރަށް ނުލިބުނުމް ކަމަށެވެ.

އަދި މިވަގުތު ވެސް 822 މިލިއަނެއްހާ ކުދަކުދިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަނޑުހައިހޫނުކަމުގައި ކާނެ އެއްޗެއް ނުލިބިފައި އެބަތިބިކަމަށް ދި ވޯލްޑް ކައުންޓް އިން ރިޕޯޓުކޮށްފައިވެއެވެ.

ދި ވޯލްޑް ކައުންޓްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބަނޑުހައިހޫނުކަމުގެ އަސަރު ކޮށްފައިވާ މީހުންގެ އަދަދު 1990 ވަނަ އަހަރުން ފެށިގެން 189 މިލިއަން މީހުންނަށް މަދުވެފައިވީ ނަމަވެސް ފާއިތުވި އަހަރުތަކުގައި އެ އަދަދަު އަނެއްކާވެސް ބޮޑުތަނުން ވަނީ އިތުރު ވެފައެވެ. އެގޮތުން 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ދުނިޔޭގައި ބަނޑުހައިހޫނުކަމުގައި ތިބޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ބަނޑުހައިހޫނުކަމުގެ އަސަރު ފޯރާފައިވާ މީހުންގެ އަދަދަށް ބަލާއިރު، އެ އަދަދު އެންމެ ދައްވެފައިވާ ކަމަށް ދައްކަނީ 1990 ވަނަ އަހަރުގައެވެ. އެގޮތުން 1990 ވަނަ އަހަރުގެ އަދަދު 5،3 ބިލިއަނަށް އަރާފައިވާއިރު، 2018 ވަނަ އަހަރު މި އަދަދުވަނީ އިތުރުވެފައެވެ. އެގޮތުން 2018 ވަނަ އަހަރު ބަނޑުހައިހޫނު ކަމުގެ އަސަރު ކޮށްފައިވާ މީހުންގެ އަދަދު ވަނީ 7.5 ބިލިއަނަށް އިތުރުވެފައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި ތިން އަހަރު ތެރޭގައި މި އަދަދުވަނީ %10.8 ޕަސެންޓަށް އިތުރުވެފައެވެ.

1990 އިން 2018 ވަނަ އަހަރާއި ހަމައަށް ދުނިޔޭގައި ބަނޑުހައިހޫނުކަން ތަހައްމަލް ކުރަމުން އަންނަ މީހުން އިތުރުވެފައިވާ ޕަސެންތޭޖް

1990: 19.0%

2000: 14.5%

2010: 11.8%

2015: 10.6%

2016: 10.7%

2017: 10.8%

2018: 10.8%

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް