ޗާގޮސް މައްސަލައިގަ މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅައިފި

ޗާގޮސްއަކީ މޮރިޝަސް ބައެއްގެ ގޮތުގައި ކަނޑައެޅުމުގެ މައްސަލައިގަ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ. މި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ. މ...

24 Oct 2022 | 05:54

ޗާގޮސްއަކީ މޮރިޝަސް ބައެއްގެ ގޮތުގައި ކަނޑައެޅުމުގެ މައްސަލައިގަ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ. މަޖިލީހުގައި މި މައްސަލަ ކުރިޔަށް ގެންދަން ފާސްކުރީ54 މެމްބަރުންގެ ވޯޓާއި އެކު އެވެ.

މައްސަލަ ހުށަހަޅުއްވަމުން އާދަމް ވިދާޅުވީ މިފަދަ މައްސަލައެއްގައި ސަރުކާރަށް ގޮތެއް ނިންމޭނީ މަޖިލީހުގައި ވޯޓެއް ނަގައި ތިންބައިކުޅަ ދެބައި ވޯޓު ލިބިގެން ކަމަށެވެ. އޭނާ ވިދާޅުވީ މި މައްސަލައިގަ މިހާތަނަށް މޮރިޝަސް އާއި ދެކޮޅަށް އޮތުމަށް ފަހު ކުއްލިއަކަށް ސަރުކާރުން ސިޔާސަތު ބަދަލު ކޮށް އެ ގައުމަށް ތާއީދު ކުރަން ނިންނި ނިންމުމުގެ މަގުސަދު ސާފުކޮށްދެވިފައި ނުވާ ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ރާއްޖެއިން މޮރިޝަސް އަށް ތާއީދުކޮށްފިނަމަ ރާއްޖޭގެ ހާއްސަ ސަރަހައްދުން ބައެއް ގެއްލޭނެ ކަމުގެ ބިރު މިހާރު އެބައޮތް ކަމަށެވެ. ކުއްލިއަކަށް ރާއްޖޭގެ ސްޓޭންޑް ބަދަލުކުރުމުގެ ސަބަބުން ޗާގޮސް އިން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ހިމެނޭ ބައި ގެއްލޭނެތީ އެކަމުގައި ރާއްޖެއަށް ހައްގުބަސް ބުނުމުގެ ދޮރު ބަންދުވާނެ ކަމަށް ވެސްވިދާޅުވެފައިވެ އެވެ.

އަދި ކުރިޔަށް އޮތްތާ މި ނިންމުމުގެ ސަބަބުން ރާއްޖެއަް ގެއްލުން ލިބޭނެ ކަމަށް ވިދާޅުވި އެވެ.

ކުރީގެ ސިޔާސަތު ބަދަލުކުރުމުން 96،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ގެއްލިދާނެ ކަމަށާއި ސަރުކާރުން އަމަލުކުރާ ގޮތުން ބޭރުގެ ނުފޫޒު އޮތް ކަމަށް ގަބޫލުކުރާ ކަމުގައިވެސް އާދަމް ޝަރީފް ވަނީ ތުހުމަތުކުރައްވާފަ އެވެ.

މި މައްސަލައިގަ ސަރުކާރުން ބުނެފައިވަނީ ޗާގޮސް މައްސަލައިގަ މޮރިޝަސްއަށް ތާއީދު ކުރަން ނިންމުމާއި ރާއްޖޭގެ އިން ކަނޑައެޅުމުގެ މައްސަލައަކީ ދެ މައްސަލައެއް ކަމަށެވެ. އިން ކަނޑައެޅުމުގެ މައްސަލައިގަ އަދިވެސް ރާއްޖޭގެ ވިސްނުމާއި ނިންމުމަށް ބަދަލެއް ނާންނަ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް