ސިވިލް ކޯޓުގެ ގާޒީ ފަހީމަށް ސުލޫކީ ފިޔަވަޅު އަޅަން ނިންމައިފި

ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމް އިބްރާހީމަށް ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ. ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ ގާޒީ ފަހީމުއާ ގުޅޭ ހަތަރު މައްސަލައ...

24 Oct 2022 | 05:41

ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމް އިބްރާހީމަށް ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ ގާޒީ ފަހީމުއާ ގުޅޭ ހަތަރު މައްސަލައެއް ބެލި ކަމަށެވެ. އެކަމަކު މީގެތެރެއިން ތިން މައްސަލައެއްގައި އޭނާއަށް ފިޔަވަޅު އަޅަންޖެހޭ ސަބަބެއް ނެތް ކަމަށް ޖޭއެސްސީން ނިންމާފައިވެ އެވެ.

ފަހީމަށް ސުލޫކީ ފިޔަވަޅު އަޅަން ނިންމީ ދައުވާކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތުގެ ގައިރު ހާޒިރުގައި މައްސަލައިގައި ހުކުމްކޮށް މައްސަލަ ނިންމާފައިވާ ކަމަށް ކޮމިޝަންގެ ތަހުގީގުގައި ގާޒީ ފަހީމް އިއުތިރާފްވި މައްސަލައިގަ އެވެ.

ޖޭއެސްސީން ބުނީ މައްސަލައާ ގުޅޭގޮތުން ހުށަހަޅަންޖެހޭ ހެއްކާއި ގާރީނާ ހުށަހެޅުމާއި، މައްސަލައާ ގުޅޭ ވާހަކަތައް ދެއްކުމަށް މައްސަލައިގެ ހަސްމުންނަށް ނުވަތަ ހަސްމުން ތަމްސީލުކުރާ ފަރާތްތަކަށް އިޖުރާއަތުގައިވާ ގޮތުގެ މަތިން އެކަށޭނެ ފުރުސަތު ދިނުމަކީ ގާނޫނީ ގޮތުން ކުރަންޖެހޭ ކަމެއް ކަމަށާއި އެކަމުގައި ގާޒީ ފަހީމު ހިލާފުވެފައިވާ ކަމަށެވެ.

ޖޭއެސްސީ އިން މިދިޔަ ބުރާސްފަތި ދުވަހު ނިންމާފައިވަނީ ގާޒީ ފަހީމަށް ނަސޭހަތް ދިނުމަށާއި ކޮމިޝަނުން ކަނޑައަޅާފައިވާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް