ކުރީގެ ޝޭޕް ގެނައުމަށް ސޯނަމް ހިކެން މަސައްކަތް ފަށައިފި

ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރު ހިކެން ކަސްރަތު ކުރަން ފަށައިފި އެވެ. އޭނާ އެކްސަސައިޒް ކުރުން ހުއްޓާލީ ބަލިވެ އިނުމުންނެވެ. ސޯނަމްއަށް ފުރަތަމަ ދަރިފުޅު ލިބުނީ މިދިޔަ އޮގަސްޓު މަހުގެ20 ވަނަ ދުވަހު އެ...

24 Oct 2022 | 05:18

ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރު ހިކެން ކަސްރަތު ކުރަން ފަށައިފި އެވެ.

އޭނާ އެކްސަސައިޒް ކުރުން ހުއްޓާލީ ބަލިވެ އިނުމުންނެވެ. ސޯނަމްއަށް ފުރަތަމަ ދަރިފުޅު ލިބުނީ މިދިޔަ އޮގަސްޓު މަހުގެ20 ވަނަ ދުވަހު އެވެ.

ފިރިމީހާ އަނަންދު އަހޫޖާ އާއި ދެމަފިރިންގެ ދަރިފުޅަށް ކިޔަނީ ވަޔޫ ކަޕޫރު އަހޫޖާ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ވިހޭންސުރެ ސޯނަމް އުޅުނީ ދަރިފުޅު ބެލުމުގައި ވަރަށް އަވަދި ނެތި އެވެ. އަދި ބަނޑުބޮޑުވީންސުރެ ވިހައިގެން މިދިޔަ ދެ މަހު ހަށިގަނޑަށް އެއްވެސް ވަރަކަށް ބަލާފައިއެއް ނުވެ އެވެ.

އެކަމަކު މިހާރު އޭނާ ވަނީ ކަސްރަތުކޮށް، ކުރީގައި ހުރި ބައްޓަމަށް ދިއުމުގެ މަސައްކަތް ފަށާފައި އެވެ. އޭނާ ސޯޝަލް މީޑިއާގައި ހިއްސާ ކުރި ވީޑިއޯގައި ބުނެފައިވަނީ އެއީ ވަޔޫއަށް60 ދުވަސް ފަސް ކަމަށެވެ.

ސޯނަމް ބުނީ މަންމައިންގެ މަސައްކަތަކީ ބައެއް ވަގުތުތަކުގައި ވަރަށް ވަރުބަލިވާ މަސައްކަތެއް ކަމަށެވެ. އަދި އެއީ އުފާވެރިކަން ލިބިހިތްހަމަ ޖެހުން ލިބޭ މަސައްކަތެއް ކަމަށް ބުނެފައިވެ އެވެ. އޭނާގެ ދިރިއުޅުމުގައި މިހާރު ކުރަމުންދާ މަސައްކަތަކީ މީހުންނާއި ބައްދަލު ކުރުމާއި ދަރިފުޅަށް ގާތުން ދިނުމާއި ކެއުން ފަދަ ކަންކަން އެކަނި ކަމަށް ބުންޏެވެ.ެ

https://www.instagram.com/p/CkBPOERKjdi/

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް