އިޓާލިއަން ލީގުގައި ރޭ ރޯމާއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް ލީގުގެ އެއްވަނާގައި ތިން ޕޮއިންޓްގެ ލީޑެއް ނަޕޮލީން ނަގައިފިއެވެ.
ރޭ ރޯމާގެ ދަނޑުގައި ކުޅުނު މި މެޗު ނަޕޮލީން ކާމިޔާބު ކުރީ 0-1 ގެ ނަތީޖާއިންނެވެ.
ދެ ޓީމުގެ ފަރާތުން ވެސް ރަނގަލު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެގެންނެވެ.
މި މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު ދެވަނަ ހާފުގެ80 ވަނަ މިނެޓުގައި ނަޕޮލީން ކާމިޔާބު ކޮށް ލީޑު ނެގިއިރު، މި ލަނޑު ނަޕޕޮލީއަށް ކާމިޔާބު ކޮށްދިނީ ނައިޖީރިއާ ފޯވާޑް ވިކްޓަރ ޖޭމްސް އޮސިމެން އެވެ.
ރޭގެ މޮ މޮޅާއި އެކު ނަޕޮލީން އެއްވަނާގައި އޮތީ ކުޅުނު 11 މެޗުން ލިބުނު 29 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް އޭސީ މިލާނަށް 11 މެޗުން 26 ޕޮއިންޓް ލިބޭއިރު، މި މެޗުން ބަލިވި ރޯމާ އޮތީ 11 މެޗުން ލިބުނު 22 ޕޮއިންޓާއި އެކު ފަސްވަނާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް