ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކް ބިލްބާއޯ ބަލިކޮށް އެއްވަނާގައި އޮތް ރެއާލް މެޑްރިޑާއި ތިން ޕޮއިންޓް ގާތަށް ބާސެލޯނާއިން ޖެހިލައިފިއެވެ.
ރޭ ބާސެލޯނާގެ އަމިއްލަ ދަނޑުގައި އެ ޓީމުން ބިލްބާއޯ ބަލިކުރީ 0-4 ގެ ނަތީޖާއިންނެވެ.
މި މެޗުގައި ބާސާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެޓީމުން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ12 ވަނަ މިނެޓުގައި އޮސްމާން ޑެމްބެލޭ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އޭގެ ފަހުން މެޗުގެ 18 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ފުޅާކޮށްދިނީ ސާޖި ރޮބާޓޯއެވެ. ބާސެލޯނާގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ރޮބަޓް ލެވަންޑޯސްކީއެވެ. މިއީ މި ސީޒަނުގައި ލެވެންޑޯސްކީ ކާމިޔާބު ކޮށްދިން 12 ވަނަ ލަނޑެވެ.
ދެ ވަނަ ހާފުގައި ބާސެލޯނާގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ފެރާން ޓޮރޭސްއެވެ.
ރޭގެ މި މެޗުން ހޯދި މޮޅާއި އެކު ބާސެލޯނާ އޮތީ ކުޅުނު 11 މެޗުން ލިބުނު 28 ޕޮއިންޓާއެކު ދެ ވަނައިގައެވެ. 11 މެޗުން 31 ޕޮއިންޓް ހޯދައިގެން އެއްވަނާގައި އޮތީ ރެއާލް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް