އިނިގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ޓޮޓެންހަމް ބަލިކޮށް ލީގުތާވަލްގެ ހަތަރު ވަނައަށް ނިއުކާސަލްއިން ޖެހިލައިފިއެވެ.
ރޭގެ މެޗު ނިއުކާސަލްއިން ކާމިޔާބު ކުރީ 1-2 ގެ ނަތީޖާއިންނެވެ.
މެޗުގެ ކުޅުން ފެށިގެން 12 ވަނަ މިނެޓުގައި ނިއުކާސަލް އިން ލީޑު ނެގިއެވެ. އެޓީމަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބު ކުރީ ގްރަހަމް ވިލްސަންއެވެ. ނިއުކާސަލް އިން މި މެޗުގައި އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ ސޯން ލޯންގްސްޓާފް ތަނަވަސްކޮށްދިން ފުރުސަތެއްގައި މިގޭލް އަލްމިރޯންއެވެ.
ޓޮޓެންހަމްގެ ހަމައެކަނި ލަނޑު މެޗުގެ 54 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ހެރީ ކޭންއެވެ.
ރޭގެ ނަތީޖާއާއި އެކު ނިއުކާސަލް ހަތަރުވަނައަށް ޖެހިލިއިރު، އެޓީމު ހަތަރުވަނާގައި އޮތީ ކުޅުނު12 މެޗުން21 ޕޮއިންޓް ހޯދައިގެންނެވެ. ފަސްވަނާގައި އޮތް ޗެލްސީއަށް ހަމަ މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ނިުއކާސަލްއަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. ރޭ ނިުއކާސަލް އަތުން ބަލިވި ނަމަވެސް 23 ޕޮއިންޓާއި އެކު ޓޮޓެންހަމް އޮތީ ތިންވަނައިގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް